ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު
ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު
ޤައުމީ ސަލާމަތާ ގުޅޭ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ރާވައި ހިންގުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ސަލާމަތީ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ތަރުތީބުކޮށް އެއިދާރާތަކުގެ ހަރަކާތްތައް ރާވައި ޤައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެރިކަން ހިންގާ ބާރުގެ ޒިންމާއެއް ކަމަށެވެ. އަދި މަޖިލިހުގެ ކޮމިޓީއަށް ކަންކަން ހިނގާ ގޮތް ރަނގަޅުކަން ނުވަތަ ނޫންކަން ބެލިދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރަށް ކަންކަން އެންގުމުގެ ބާރު ކޮމިޓީއަށް ދީފައި އޮތުމުގެ އިތުރަށް ފުލުހުން ހިންގާފައިވާ، ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަން ރާވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެ ކޮމިޓީއަށް މިބިލުގައި ލިބިދީފައިވެއެވެ.

ޝަރީފު ވިދާޅުވީ ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބާރުތައް ވަކިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެއާއެކު ދައުލަތުގެ ހަރަކާތްތަކާއި ވަޒީފާތައް ކޮންޓުރޯލުކުރާނެ އޮނިގަނޑެއް އޮތުމަކީވެސް ބޭނުންތެރި ކަމެއް ކަން ޝަރީފު ފާހަގަކުރެއްވިއެވެ. ޝަރީފު އިތުރަށް ވިދާޅުވީ ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިން ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ދައުލަތުގެ ބާރުތައް ވަކިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.



"ދައުލަތުގެ ހަރަކާތްތަކާއި ވަޒީފާތައް ކޮންޓުރޯލުކުރާނެ އޮނިގަނޑެއް އޮތުމަކީވެސް ބޭނުންތެރި ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ތިން ބާރު ވަކިވުމާއި ދައުލަތުގެ އެކި ވަޒީފާތައް އެކި ބާރުތަކުގެ މައްޗަށް ބެހިގެން ދިއުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ސަލާމަތް ކަށަވަރުކުރުމާއި ޢާންމުންގެ ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލާއި މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ފުލުހުންގެ މައި އިދާރާގެ ނަން ބަދަލުކޮށް ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެމްޑީޕީގެ މެންބަރުން ބޭނުންވާކަން މަޖިލީހުގެ ރިޔާސަތުންވެސް ވަނީ އިއުލާން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން