ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރުތަކުންވަނީ ޤައުމަށް ޚިޔާނާތްތެރިވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ބޮޑުކޮށް ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން އދއަށް ހުށަހެޅުމުން އެކަމަށް އިއުތިރާޒުކޮށް، 2019 ވަނަ އަހަރު މޮރިޝަސްއިންވަނީ ޗާގޮސްއާ ރާއްޖޭގެ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަޙައްދު ބައިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅާފައެވެ.
މި މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، ދިވެހިސަރުކާރުން ރާއްޖޭގެ ސަރަޙައްދުން އަކައިންޗިއެއްވެސް ގެއްލޭފަދަ ޢަމަލެއް ހިންގާފައިނުވާކަން ކަށަވަރު ކުރަށްވާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ވިދާޅުވާ ބޭފުޅުން ވެރިކަން ކުރެއްވި މުއްދަތުގައި މޮރިޝަސްއިން ޗާގޯސް މައްސަލާގައި ދުނިޔޭގެ ކޯޓުތަކުގައި ދަޢުވާކުރަމުން ދިޔައިރު އެކަމާ އަޅާނުލައި ތިއްބެވުމަކީ ޤައުމަށް ޚިޔާނާތްތެރިވުން ކަމަށެވެ. އަދި ކުރީގެ އެއްވެސް ރައީސަކުވެސް ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށްބުނެ ކޯޓަކަށް މައްސަލައެއް ހުށައަޅާފައިނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ސަރަޙައްދުން ދިވެހިރާއްޖެއަށް ޙައްޤުވާ 200 ނޯޓިކަލް މައިލް ރާއްޖޭގެ ބޭސްލައިނުން ހޯދުމަށްވެސް ދުނިޔޭގެ އެއްވެސް ކޯޓަކަށް ގޮސްފައެއް ނުވޭ." ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައިވަނިކޮށް ރާއްޖޭގެ ޙައްޤު ހޯދުމަށް މެމޯރިއަލްއެއް ހުށައެޅީ މި ސަރުކާރުން ކަމަށެވެ. އެއީ ކޭސް އިޓްލޮސްގެ ކޭސް ނަންބަރު 28 ކަމަށާއި، އެކޭސް އިޓްލޮސްގެ ވެބްސައިޓުން ފެންނަށް އޮންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭގެ އިތުރުން ޗާގޯސް މައްސަލައިގައި މިހާރު ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ޔޫއެންގެ 116 ޤައުމުން ވޯޓު ދީފި އައިސީޖޭއިން ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށްބުނެ ކޮށްފައިވާ ޙުކުމާ އެއްގޮތަށް ތާޢީދުކޮށް. އިޓްލޮސް އިން ނިންމައިފި މި މައްސަލައިގައި އިން ބެހޭނެ ކަމަށް." ޝަރީފް މިއަދު ވިދާޅުވިއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވި ނަމަވެސް އައިސީޖޭއިން އދގެ އާންމު މަޖިލީހަށް ދީފައިވަނީ އިސްތިޝާރީ ލަފައެކެވެ. އައިސީޖޭއިން ނެރޭ އިސްތިޝާރީ ރައުޔަކީ އެއަށް ތަބާވުން ލާޒިމުނުވާ ނަން-ބައިންޑިން ނިންމުންތަކެކެވެ. އެއީ އެކޯޓުގެ ހުކުމެއް ނޫނެވެ.
ބައިނަލްއަޤުވާމީ ކަނޑުތަކާބެހޭ ޤާނޫނަށް ޙަވާލާދެއްވައި ޝަރީފް މިއަދު އިތުރަށް ވިދާޅުވީ މިނިވަން ސިޔާދަތީ ދެޤައުމުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ފުށުއަރާނަމަ އެ ސަރަޙައްދު ބަހާނީ މެދުން ހަމަހަމައަށް ކަމަށެވެ. އަދި ރާއްޖެއަށްވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅޭނީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން ހުއްދަކުރާ އިމުގެ ތެރެއިންކަމަށާއި އެކަން އޮޅުވާނުލުމަށް ސިޔާސީ ފަރާތްތަކަށް ޝަރީފްވަނީ ގޮވާލައްވާފައެވެ.
"ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލެއްނުވޭ. ބަދަލުވެއްޖެކަމަށް މިބުނާ ވާހަކައަކީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް ހަދާ ދޮގު. ސިޔާސީ ވާހަކަ." އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު