މަޖިލީހުގެ ރިޔާސަތު ޚުދުމުހުތާރުވެފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝިފާއު މިމޭރުމުން ވިދާޅުވީ ޗާގޮސް މައްސަލައިގައި ސަރުކާރުން ޢަމަލުކޮށްފައިވާގޮތް ބެލުމަށް ގޮވާލައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ބަހުސްގައި ޝިފާއު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްކަަމަށް ބުނެ ކުރީގެ ސަރުކާރުތަކުން ވަކާލާތުކޮށްފައި ނުވަނީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ. އަދި ކުރީގެ ރައީސުންނާއި ބަންޑާރަ ނައިބުން މަޤާމުގައި ތިއްބެވިއިރު އެ މަސައްކަތް ކޮށްފައި ނުވާކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
މިއަދުގެ ބަހުސްގައި ޝިފާއު ވާހަކަ ދައްކަވަމުން ދަނިކޮށް ރައީސް ނަޝީދު ވަނީ ޝިފާއުގެ ވާހަކަ ހުއްޓުވައި ކުރީގެ ސަރުކާރުތަކުންވެސް ރާއްޖޭގެ ސިޔާސީ އިޤްތިޞާދީ ބާރުހިނގާ ސަރަޙައްދު ޙިމާޔަތްކުރުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުނުވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން 1992 ވަނަ އަހަރާއި 2010 ވަނަ އަހަރުވެސް ޗާގޯސް މައްސަލާގައި ދިވެހި ދަޢުލަތުން މަސައްކަތްތަކެއް ކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވުމުން ރައީސް ނަޝީދަށް ރައްދު ދެއްވަމުން މެންބަރު ޝިފާއު ވިދާޅުވީ، "ޚުދުމުހުތާރު ރިޔާސަތުތަކުގެ ކުރިމަތީގައި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމާއި، ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމަކީ ދަތި ކަމެއްކަން" އެނގިވަޑައިގަންނަވާ ކަމަށެވެ.
އޭގެއިތުރުން މަޖިލީހުން ފާސްކޮށްގެން އެހެން ގައުމެއްގެ ސިޔާދަތަށް އަރައިގަނެވޭނަމަ ރާއްޖޭގެ މަސްވެރިންގެ ހައްގުގައި އިންޑިއާ ކަނޑުގައި އޮތް އެންމެ ބޮޑު މަސް ކަނޑު ހޯދަން މަަސައްކަތްކުރަން ޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ރައީސް ނަޝީދު ވަނީ ޝިފާއުގެ ފުރުސަތު ނިމުނީކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު