ރާއްޖޭގެ މުރަަކައިގެ މުއްސަނދި ފަރެއް؛ އިންސާނުންގެ ފަރުވާ ކުޑަކަމުން މިފަދަ ކަނޑުގެ ދިރުންތަކަށް ދަނީ ގެއްލުން ލިބެމުން
ރާއްޖޭގެ މުރަަކައިގެ މުއްސަނދި ފަރެއް؛ އިންސާނުންގެ ފަރުވާ ކުޑަކަމުން މިފަދަ ކަނޑުގެ ދިރުންތަކަށް ދަނީ ގެއްލުން ލިބެމުން
އިންސާނުންގެ އިހުމާލުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާ ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑީއޯއެއްގައި ފެންނަނީ، މޫދަށް ދޫކޮށްލާފައި އޮތް ދަލުގައި ޖެހި މިޔަރާއި، ވެލަޔާއި މަޑި ފަދަ ކަނޑުގެ އެތައް ދިރުމެއް މަރުވެފައި ތިބި މަންޒަރެވެ. މި ވީޑިއޯ އާންމު ކުރި ފަރާތުން ބުނެފައި ވަނީ ދަތުރުގޮސް އުޅޭއިރު މަސް ހިފަން ބޭނުން ކުރާ ދާ މޫދަށް ނުވަތަ އަތިރިމައްޗަށް އެއްލާލާފައި ދިއުމުން ފެންނާނީ މިފަދަ ދެރަ މަންޒަރުތައް ކަމަށެވެ.

"ވަރަށް ގިނައިން ފެންނަ މަންޒަރެއް ދަތުރުގޮސް އުޅޭއިރު ފަސޭހައިން މަސްހިފާލަން ދަލެއް ބަޭނުން ކޮށްލާތަން، މަސްހިފާ ނިމިގެން ފަރުވާކުޑަ ކޮށްލާފައި މޫދަށް ނުވަތަ އަތިރިމައްޗަށް އެ ދައު އެއްލާލާފައި ދިއުމުން މިކަހަލަ ދެރަ މަންޒަރު ފެނުން ވަރަށް ގާތް. މީ އިއްޔެ ރަށެއްގެ ބަޔަކުނެގި ދަލެއް" ވީޑިއޯ ޙިއްސާކުރި ފަރާތުން ބުނެފައިވެއެވެ.



ރާއްޖޭގެ ރަށްރަށުގެ ފަޅުތެރޭގައި މަސް ހިފުމަށް ދައު ޖެހުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިފަދަ ދައު ގިނަ ދުވަހު މޫދުގައި ބޭއްވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، އާއްމުކޮށް ކެއުމަށް ބޭނުންކުރާ މަސްމަހާމެހި ނޫން އެހެނިހެން ކަނޑުގެ ދިރުންތައް މިފަދަ ދައު ތަކުގެ ޝިކާރައަކަށް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފަރުދީ ޒިންމާ އަދާކޮށް، މަސްހިފަން ޖަހާ ދައު، އެ މަސައްކަތް ނިމުމުން މޫދުން ނެގުމަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކޮންމެ މީހަކަށްމެ ކޮށްދެވޭނެ ވަރަށް މުހިއްމު މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން