ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތަކެއް ފުރުވާލަނީ؛ ކޯވިޑް-19 އާއި ގުޅިގެން މިފަދަ ގިނަ ބަޔަކު ހޯދާ ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތަކެއް ފުރުވާލަނީ؛ ކޯވިޑް-19 އާއި ގުޅިގެން މިފަދަ ގިނަ ބަޔަކު ހޯދާ ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން
ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެންގުމުން ރާއްޖޭގެ ރަށްރަށުންނާއި ރިސޯޓްތަކުން ގިނަ އަދަދެއްގެ ބިދޭސީން މާލެ އަށް ޖަމާވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިއުލާނު ކުރުމުން މީހުން އުޅޭ ރަށްރަށުންނާއި ހަދަމުންދާ ރިސޯޓްތަކުން ގިނަ އަދަދެއްގެ ބިދޭސީން މާލެ ޖަމާވަމުންދާ ކަމަށެވެ. މޫސަ ވަނީ އެ ފުރުސަތު ނުދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

"ގަވާއިދާ ޚިލާފުވާ މީހުން ގައުމަށް ފޮނުއްވައިދެއްވާ." މޫސަ ވިދާޅުވިއެވެ.

ސައްހަ ލިޔެކިޔުންތައް ނެތި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތެއް ކުރިމަގުގައި އެއްވެސް ކުންފުންޏަކަށް ނުލިބޭނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.

"ގަވާއިދާ ހިލާފަށް އުޅޭ އިލީގަލް ވޯކާސް ނަގައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ކުންފުނިތަކަކަށް ކުރިއަށް އޮތް ތަނުގައި ނޯންނާނެ. އެހެންވީމާ އެކަން ހުރިހާ ބޭފުޅުން ވެސް ވިސްނައި، މިހާރު އަވަހަށް ރަޖިސްޓަރީ ކޮށްފައި ތިބި ބިދޭސީން ހޯދަން ބާރު އަަޅަން." ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

ދިވެހިދަރިއެއް

21-Jun-2020

މޫސަ މާރީޗެއްނޫން ތިވާހަކަ ދައްކާކަށް! މޫސަގެ ކުންފުނިން ކިތައް މީހުން ފިލަންޖެހުނު މޫސަ މުސާރަ ނުދީގެން. ފުރަތަމަ މުވައްޒަފުންނަށް މުސާރަ ދީފަ ތިކަހަލަ އަގަތަޅާ....



ޓްރެންޑިން