ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ގަމާ ލަންކާއާއި ދެމެދު ސްރީލަންކަން އެއަރލައިންސުން ކުރަމުން ދިޔަ ދަތުރުތައް އަލުން ފެށުމުގެ އުއްމީދެއްނެތް
ގަން އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ގަމާ ލަންކާއާއި ދެމެދު ސްރީލަންކަން އެއަރލައިންސުން ކުރަމުން ދިޔަ ދަތުރުތައް އަލުން ފެށުމުގެ އުއްމީދެއްނެތް
އައްޑޫސިޓީ ގަމާއި ކޮޅުނބާ ދޭތެރޭގައި ސްރީލަންކަން އެއާލައިންސުން ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަން، ޕީޕިއެމް/ޕީއެންސީ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަަމުގައި ފެށި އައްޑޫ ގަމާއި ކޮޅުބާ ދޭތެރޭގައި ލަންކާ އެއާލައިންސުން ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓާލުމަށް ނިއްމި ޚަބަރު އެހީ ކަންބޮޑުވުމާއި އެކުގައި ކަމަށެވެ. ރައީސް ޔާމިންގެ ސަރުކާރުން އެ ދަތުރުތައް ފައްޓާފައިވަނީ އެދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީ އާއި ދެކުނުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދިޔުމުގައި އިތުރު ލުއިތަކެއް ހޯދައިދީ އެ ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ވަރުގަދަ ކޮށް ތަރައްގީ ކުރުމާއި ވިޔަފާރިތަކަށް ވެސް ލުއިތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕްރޮގުރެސިވް ކޯލިޝަނުން ބުނީ، އެ ދަތުރުތައް ހުއްޓާލައިފިނަމަ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގުއާމީ ދަތުރުތައް ކުރުމަށް އިތުރު ދަތިތަކެއް ކުރިމަތިވުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް އާއި އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމީ ޔަގީންވާ ކަމެެއް ކަމަށެވެ.

"ރައީސް ޔާމިންގެ ވެރިކަމުގައިވެސް ކޮލަމްބޯ އާއި ގަމާއި ދޭތެރޭ ކުރަމުންދިޔަ ދަތުރުތަކުން ގެއްލުންވާ ކަމަށް ބުނެ އެ ދަތުރުތައް ހުއްޓާލުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެއާލައިނަށް ގެއްލުން ނުވެ ދަތުރުތައް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމިންގެ ވެރިކަމުގައި ސްރީލަންކާ އަށް ދިނުމަށްފަހު އެކަމަށްވާންޖެހޭ ހުރިހާ ތައްޔާރީ ތަކެއްވެ އެ އިންތިޒާމް އޭރު ހަމަޖައްސާފައިވާ ކަން ފާހަގަކުރަމެވެ. އެއީ ހުވަދޫ އާއި އައްޑޫ އާއި ދޭތެރޭ ރާއްޖޭގެ ގައުމީ އެއާލައިން ޑޮމެސްޓިކް ދަތުރުތައް ފެށުމެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ ދަތުރުތައް ހުއްޓާނުލާ ކުރެވޭނެ ކަމުގެ ޔަގީންކަން ސްރީލަންކާ އިން ވަނީ ސަރުކާރަށް ދީފައިކަން ފާހަގަކުރަމެވެ." ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ނިއްމަވާ އިންތިޒާމްތައް ހަމަޖައްސަވާފައިވާ ގޮތަށް ހުވަދޫ އާއި އައްޑޫސިޓީ އާއި ދޭތެރޭ ޑޮމެސްޓިކް ދަތުރުތައް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ފެށުމާއެކު ކޮލަމްބޯ އާއި ގަމާއި ދޭތެރޭ ސްރީލަންކާ އެއާލައިނުން ކުރިއަށް ގެންދާ ދަތުރުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އެކަމާ ގުޅިގެން އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެކުންފުންޏާ ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުންދިޔަ ދަތުރުތައް ވަނީ ކޯވިޑް-19 އާ އެކު ހުއްޓިފައި ކަމަށެވެ. މިހާރު ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔަ ނަމަވެސް ކޮލަމްބޯ އާއި ގަމާ ދެމެދު ކުރާ ދަތުރުތައް ފެށުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ފިރާގު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން