މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު
މާވަށު ދާއިރާގެ މެންބަރު މުހަންމަދު ސައީދު
"ޓްރާންސްޕޭރެންސީ މޯލްޑިވްސް" ހޭވެރިކަންވަނީ އެމްޑީޕީ ފިޔަވައި އެހެން ބަޔަކު ވެރިކަމުގައި ތިބުމުން އެކަނި ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސްގެ މަޤާމުގައިވެސް ހުންނެވި މާވަށު ދާއިރާގެ މަޖިލިސް މެންބަރު ސަޢީދު މިއަދު ކުރެއްވި ޓުވީޓެއްގައި،"ޓްރާންސްޕޭރެންސީ މޯލްޑިވްސް"އަށް ހޭވެރިކަންވަނީ އެމްޑީޕީ ފިޔަވައި އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ ކަމަށް ވިދާޅުވެ އެ ޖަމިއްޔާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކުރީ ސަރުކާރުގައި ރައީސް ޔާމީނުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި ބަޔާން ނެރުމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރާ ތަން ފެންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި ޓްރާންސްޕޭރެންސީން މާބޮޑު މަސައްކަތެއް ކުރާތީ ނުފެންނަ ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޖަމިއްޔާ އަށް އަމާޒުވެފައިވެއެވެ.

މާވަށުދާއިރާގެ މެމްބަރު ސައީދު އިތުރަށް ވިދާޅުވީ ސަރުކާރާއި، ރައީސް އޮފީހާއި މަޖިލިހާއި މިނިވަން މުއައްސަސާތައް މިހާރުވަނީ ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައި ކަމަށެވެ. ނަމަވެސް އެވާހަކައިގެ ތަފުޞީލެއް ސައީދު ހާމައެއް ނުކުރައްވައެވެ. ފާއިތުވި ސަރުކާރުގައި ބާރުތައް މަސްހުނިވެފައިވާ ކަމުގައި ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ތަކުރާރުކޮށް ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން