މާލެ އަށް އުދައަރައި، ކާނިވާ ސަރަހައްދުގެ ބޮޑުބައެއްގައި ފެންބޮޑުވެއްޖެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މާލެއަށް އުދައެރުމުގެ ސަބަބުން އަލިމަސް ކާނިވާ ސަރަހައްދު ވަނީ ފެނުގެ އަޑީގައެވެ.
އުދައެރުމުގެ ސަބަބުން އެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކުގެ ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އޭގެއިތުރުން އެސަރަހައްދުގައި ޕާކު ކޮށްފައިހުރި އުޅަނދުތަކަށް ވެސް ލޮނުގެ އަސަރުކޮށްފައިވެއެވެ.
މާލެއަށް އުދަ އަރާފައިވާއިރު, ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހަވީރު 18:00 އާއި ހަމައަށް ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު