ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ރާއްޖެއިން ކުށްވެރިނުކުރާތީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނުރުހުން ފާޅުކުރަށްވައިފިއެވެ.
އިމްރާން ހާން އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާއެއްގައި އެމަނިކުފާނު ޒަހަމްވެވަޑައިގެންފައިވަނީ އެ ގައުމުގެ ގުޖުރަންވަލާގައި ނޮވެމްބަރ 3 ވަނަދުވަހު ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިންނެވެ.
އިމްރާނަށް ދިން ޙަމަލާ ރަސްމީ ސިފައެއްގައި ރާއްޖެއިން ކުށްވެރިކޮށްފައިނުވާތީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވީ، ޕާކިސްތާނުގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު އަވަހާރާކޮށްލަން ދިން ޙަމަލާ ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާ ކަމަށެވެ.
ނަމަވެސް ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ހަނުތިބުމަކީ ދިވެހި ދައުލަތުގެ މަތިވެރިކަމަށް އުނިކަން ގެނުވާކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އިމްރާން ހާނަށް ހަމަލާ ދީފައިވަނީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި ދިމާލަށް ދިޔަ އެއްވުމެއްގެ ތެރެއިންނެވެ. ފުލުހުން ވަނީ އެހަމަލާ ދިން މީހާ އެ ސަރަހައްދުން އެ ވަގުތު ހައްޔަރުކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒު ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވާ، އަވަސް ތަހުގީގެއް ފެށުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ރާއްޖެއާ އެކުވެރި ދައުލަތް ޕާކިސްތާނުގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު އަވަހާރާކޮށްލަން ދިން ޙަމަލާ ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާއިރު، ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ހަނު ތިބުމަކީ ދިވެހި ދައުލަތުގެ މަތިވެރިކަމަށް އުނިކަން ގެނުވާކަމެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 5, 2022
އިމްރާން ހާނަށް ހަމަލާ ދީފައިވަނީ އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާއި ދިމާލަށް ދިޔަ އެއްވުމެއްގެ ތެރެއިންނެވެ. ފުލުހުން ވަނީ އެހަމަލާ ދިން މީހާ އެ ސަރަހައްދުން އެ ވަގުތު ހައްޔަރުކޮށްފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒު ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވާ، އަވަސް ތަހުގީގެއް ފެށުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު