އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ޕީޕީއެމުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ. މިއިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލެވޭނީ ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަށް އެކަންޏެވެ.

މާލޭގައި ވޯޓުލުން ކުރިޔަށް ދާނީ ހެންވޭރު ދަނޑުގައެވެ. ހުޅުމާލޭގައި ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައި ވޯޓުލުން ކުރިޔަށްދާއިރު ވިލިމާލޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ޔޫތް ސެންޓަރުގައެވެ.

ޕީޕީއެމުން ބުނީ ރަށްރަށުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތަނުގެ މައުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު