ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

ޢަބްދުالله ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ގެންދިޔައި މިދިޔަ މަހު 31 ގައެވެ. ހަށިގަނޑު ރާއްޖެ ގެނަސް ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މަޣްރިބް ނަމާދަށް ފަހުއެވެ. ކަށުނަމާދުކުރުން އޮންނާނީ އާސަހަރާ މިސްކިތުގައެވެ.

ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ.

ޢަބްދުالله ރަޝީދުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާނެކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު