އުމަރުގެ ވެރިކަމެއްގައި ހުރިހާ ކުދި ވިޔަފާރިތަކުން ޓެކްސް މައާފްކުރާނެ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިގްތިސާދީ ހަރަކާތްތައް އިތުރުވެ ވަޒީފާ ތައް އިތުރުވެގެންދާނީ ޓެކްސް ތައް ކުޑަކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުގެ ސަރުކާރެއްގައި ޓެކްސް ނަގަން ފަށާ އެންމެ ކުޑަމިންވަރު 3 މިލިއަން ރުފިޔާ އަށް ބަދަލުކޮށް ކުދި ވިޔަފާރިތަކުން ހުރިހާ ޓެކްސް އެއް މިންޖުކުރެވޭނެ." މިހާރު އުވިގެން ގޮސްފައިވާ އިސްލާމިކް ޑިމޮކޮރަޓިކް ޕާޓީ އުފެއްދެވި އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ 2008 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެއިންތިޚާބުގެ ފުރަތަމަ ބުރުން އުމަރު ބަލިވެވަޑައިގެންނެވީ ވަރަށް މަދު ވޯޓުކޮޅެއް ލިބިވަޑައިގެންނެވެ. 2013 ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯއްދެވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި އޭނާ ވާދަކުރެއްވީ އެފަހަރު އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޔާމީނާއެވެ. ޕާޓީގެ އެތެރެއާއި ބޭރުން ގަޑުބަޑު ތަކެއް ހިނގައިދިޔަ އެ އިންތިޚާބުގައި އުމަރު އެފަހަރު ބަލިވީ މާބޮޑު ތަފާތަކުންނޫނެވެ.
އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ގޮތުގެ ސިޔާސަތުތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި މީހުން މެރުން ހުއްޓުވުމާއި މަސްތުވާތަކެތީގެ ވަބާގެ އިތުރުން ކޮރަޕްޝަން ހުއްޓުވައި ގައުމު އަމާންކުރުން ހިމެނެ އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވަނީ އުމަރު ނަސީރުގެ އިތުރުން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއެވެ. މީގެ އިތުރުން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށް އެޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް މަނީލޯންޑަރ ކުރުމުގެ ކުށް ޝަރީއަތުން ސާބިތުވެ ރައީސް ޔާމިން ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް އަދި ނެތެވެ.
އެހެން ނަމަވެސް އެ ހުކުމް، މަތީ މަރުހަލާ އެއްގެ ކޯޓަކުން ބާތިލްކޮށްފިނަމަ ޔާމިން އަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު