ރަސްރަނި ބަގީޗާގެ ނަމުގައި ރައީސް ޔާމިން ސަރުކާރުން ތަރައްގީކުރި ޕާރކް؛ މިހާރުވަނީ އަލުން ސަލްޓަން ޕާކުގެ ނަމަށް ނަން ބަދަލުކޮށްފައި. މި ޕާކް ވެސް މިހާރު ދަނީ ވީރާނާ ވަމުން
ރަސްރަނި ބަގީޗާގެ ނަމުގައި ރައީސް ޔާމިން ސަރުކާރުން ތަރައްގީކުރި ޕާރކް؛ މިހާރުވަނީ އަލުން ސަލްޓަން ޕާކުގެ ނަމަށް ނަން ބަދަލުކޮށްފައި. މި ޕާކް ވެސް މިހާރު ދަނީ ވީރާނާ ވަމުން
ނިއު ނޯމަލްގައި ޕާކްތަކާއި މައިޒާންތައް އަލުން ހުޅުވާއިރު، ޢަމަލު ކުރަންޖެހޭ އުސޫލު އެކުލަވާލައި ޢާއްމު ކޮށްފިއެވެ.

ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން، ޖުމްހޫރީ މައިދާން ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކާއި މައިޒާންތައް އާންމުންނަށް ބަންދުކޮށްފައިވަނީ މާޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

ޕާކްތަކާއި މައިޒާންތައް ހުޅުވާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައިވާގޮތުން، އެތަންތަނަށް މާސްކުއަޅައިގެން ދިއުމަށާއި، ކޮންމެ ދުވަހަކު އެއްފަހަރު ޕާކް ސާފުކުރަންޖެހޭގޮތަށް ވަނީ ކަޑައަޅައިފައެވެ.

އަދި ޕާކްތަކާއި، މައިޒާންތަކުގައި ކޯވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތާއި ޢަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދު ޕާކު ނުވަތަ މައިޒާނަށް ވަންނަ ދޮރުގެ ކައިރީގައާއި އަދި ތަނުގެ އެތެރޭގައި ފެންނަގޮތަށް ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޕާކު ފަދަ ތަންތަން މަދުވެގެން ދުވާލަކު 1 ފަހަރު ސާފުކުރުމާއި ތަނުގައި ހުންނަ ގޮނޑިއާއި ކުދިން ކުޅުމަށް ނުވަތަ އެރުމަށް ބޭނުންކުރާ ތަކެއްޗާއި މީހުން އަތްލާ ތަންތަނާއި ތަކެތި ސައިބޯނި ފެން ބޭނުންކޮށްގެން ރަނގަޅަށް ސާފުކުރަންޖެހެއެވެ.

މީގެއިތުރުން ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ޕާކު ނުވަތަ މައިޒާންތަކަށް ނުދިއުމާއި، މާސްކް އަޅައިގެން ތިބުމާއި، ޕާކު ނުވަތަ މައިޒާނުގައި އުޅޭއިރު އެހެންމީހުންނާ ދެމެދު މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް ވަނީ އަންގަވާފައެވެ.

އަދި ޕާކުތަކާއި މައިޒާނުގައި ހުންނަ ތަކެތީގައި ނުވަތަ ތަންތަނުގައި އަތްލުން މަދުކުރުމަށާއި، ޕާކު ނުވަތަ މައިޒާނުން އެނބުރި ގެއަށް ދިއުމަށްފަހު ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށް އިރުޝާދު ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން