ގެސްޓްހައުސް ވިޔަފާރި ފުޅާކުރެވޭނީ އެކަމަށް ޚާއްސަ ބީޗެއް އޮވެގެން ކަމަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
ފިރާޤު ވިދާޅުވެފައިވަނީ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރަން ބޭނުންނަމަ ފަތުރުވެރިންނަށް ޚާއްސަކޮށް ރަށްރަށުގައި ބީޗުތައް ތަރައްޤީކުރަންޖެހޭ ކަމަށެވެ. އޭގެ އިތުރުން ޢާއްމުން ބޭނުންކުރާ ބީޗުތަކުގައި ފަތުރުވެރިންކުރުން ހުއްދަނޫން ކަންތައްތައް އެނގޭނެ ބޯޑުތައް ބެހެއްޓުން މުހިންމުކަމަށް ފިރާޤު ވިދާޅުވިއެވެ.
ފިރާޤު ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިނާރާވާހަކަ ދައްކާއިރު ދާދިފަހުންވެސް ހިތާމަވެރި މަންޒަރެއް ފެނިފައިވާ ކަމަށް ވިދާޅުވެ އެކަން ޙިއްސާކުރަށްވާފައެވެ.
“5 ފިރިހެން ފުލުހުން ޔުނީފޯމްގައި ރަށިކެޑަ ބީޗުގައި ޓޫރިސްޓް އަންހެނެއް ބީޗުން ނަގަން ވަށާލައިގެން. ދެން ކީކޭ މިކިޔަނީ.” ފިރާޤު ވިދާޅުވެފައިވެއެވެ.
ފިރާޤު މިމޭރުމުން ވިދާޅުވެފައިވާއިރު ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އައްޑޫ ސިޓީން މިހާރު ވަނީ ފަތުރުވެރިކަމަށް ބިންތަކެއް ދޫކޮށްފައެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު