މާލޭގެ ލޯކަލް މާރކެޓް؛ ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ މާރުކޭޓްތައް އަލުން ހުޅުވާލުމަށް ދަނީ ތައްުޔާރު ވަމުން (ފޮޓޯ ސިޓީ ކައުންސިލް ޓްވިޓަރ)
މާލޭގެ ލޯކަލް މާރކެޓް؛ ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ މާރުކޭޓްތައް އަލުން ހުޅުވާލުމަށް ދަނީ ތައްުޔާރު ވަމުން (ފޮޓޯ ސިޓީ ކައުންސިލް ޓްވިޓަރ)
ލޯކަލް މާރުކޭޓު އަލުން ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދާއިއެކު ލޯކަލް މާރުކޭޓު ބަންދުކޮށްފައިވާއިރު، މިހާރު ދެމުން އަންނަ ލުއިތަކާއެކު އެ މާރުކޭޓު އަލުން ހުޅުވުމަށް މިހާރު ގެންދަނީ ތައްޔާރު ވަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ "ނިއު ނޯމަލްގައި ލޯކަލް މާރުކޭޓް ހުޅުވުމުގެ ތައްޔާރީތައް މިހާރު ފަށާފައި ވާކަމަށެވެ." ނަމަވެސް މާރުކޭޓު ހުޅުވާނެ ތާރީހެއް އަދި ބުނެފައެއް ނުވެއެވެ.

މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް މަރުހަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދެމުން ގެންދާއިރު، މިހާރު ވަނީ ދެވަނަ މަރުހަލާގައި ލުއިތައް ދީފައެވެ. މިހާރު ދީފައިވާ ލުއިތަކުގައި މަސް މާރުކޭޓުގެ ހިދުމަތްވެސް އަދި ފަށާފައިވަނީ ހަމަ އެކަނި ޑެލިވަރީ ކުރާގޮތަށެވެ.



މާލޭ ސިޓީ ކައުންސިލުން މިހާރު ތައްޔާރުވަމުން ގެންދަނީ، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓް ނިއު ނޯމަލްގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންޝީގެ އިރުޝާދު ތަކާއެކު އާއްމުކޮށް ހުޅުވާލުމަށެވެ. އެހެން ނަމަވެސް މާރުކޭޓުތައް ޢާއްމުކޮށް ހުޅުވާނީ ކޮން މަރުޙަލާއެއްގައިކަން އަދި އިޢުލާނު ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން