އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތައްފެނި ރައީސް ޔާމީންވެސް ހުންނެވީ އާޝޯޚުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީން އައްޑޫ ސިޓީއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން މެންބަރު ނިހާދު މިއަދު ވިދާޅުވީ އައްޑޫގެ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށްދާގޮތް ފެނުމުން އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ތިއްބެވީ އާޝޯޚުވެފައިކަމަށެވެ.

ނިހާދު ވިދާޅުވީ އިދިކޮޅު މެންބަރުންގެ ދުލުން އިވެމުން ދިޔައީ “ހާދަ ކަމެއް އެބަ ކުރެއޭ” ފަދަ ޢިބާރާތްތައް ކަމަށެވެ. އެގޮތުން އައްޑޫގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ ލިސްޓު ދިގުކަމަށާއި މަގުހެދުމާއި އޮފީހާއި ސްކޫލާއި މިސްކިތްތައްވެސް ޢިމާރާތް ކުރަމުންދާކަމަށް ނިހާދު ވިދާޅުވިއެވެ.

“ރައީސް ޔާމީންވެސް ހުރީ ކޮސްވެ ބަސްހުއްޓިފައި. ދެންވާނެ ވަޢުދަކާމެދު ވިސްނަން.” ނިހާދު ވިދާޅުވެފައިވެއެވެ.



ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރަށްވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރަށްވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. އޭގެއިތުރުން ރަށްރަށުގެ ޕީޕީއެމްގެ ސްޓިއަރިން ކޮމެޓީތަކާއި، ކައުންސިލްތަކާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ.



ކިޔުންތެރިންގެ ހިޔާލު