ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް މާފަރު އެއަރޕޯރޓްގެ ލެބަށް ގެނައި ޕީސީއާރް މެޝިން
ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް މާފަރު އެއަރޕޯރޓްގެ ލެބަށް ގެނައި ޕީސީއާރް މެޝިން
ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާ ކޯވިޑް-19 އަށް ޓެސްޓުކުރެވޭ ލެބޯޓަރީއަށް ބޭނުންވާ ޕީސީއާރު މެޝިނާއި ލެބަށް ބޭނުންވާ އެހެނިހެން ސާމާނު އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ރާއްޖެ ގެނެސްފިއެވެ.

އޭޑިކޭ އިން މިއަދު ބުނެފައިވަނީ، މާފަރު އެއަރޕޯޓުގައި ސޮނޭވާ އިން ޤާއިމުކުރާ ލެބޯޓަރީ އަށް ބޭނުންވާ ޕީސީއާރު މެޝިނާއި، އެހެނިހެން އާލާތްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އައިލެންޑް އޭވިއޭޝަނުން ހިންގާ މާފަރު އެއަރޕޯޓަކީ އަންނަ މަހު ރާއްޖޭގެ ބޯޑަރ އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ އެއް އެއާޕޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީގެ ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުމަށް މާފަރު އެއާޕޯޓުގައި ހަދާ ޕީސީއާރު ލެބަކީ ސޮނެވާ ގުރޫޕުގެ ހަރަދުގައި ހަދައިދޭ ތަނެއް ކަމަށެވެ. އަދި އެތަން މިމަހުގެ 25 ވަނަ ދުވަހަށް ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.



ސޮނެވާގެ ހަރަދުގައި ހަދާ އެ ލެބަށް ބޭނުންވާ ޕީސީއާރު މެޝިނާއި އެހެނިހެން އާލާތްތައް ހޯދުމާއި ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަށެވެ. ނަމަވެސް މި ލެބް ހިންގާނީ ކޮން ފަރާތަކުން ކަމެއް އަދި ނޭނގެއެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވެނީ މާލެ އާއި އައްޑޫ ސިޓީގައެވެ. މާލޭގައި އައިޖީއެމްއެޗާއި، އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބޯޓްރީގައި ވެސް އެ ބައްޔަށް ޓެސްޓް ކުރެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން