މުދައްރިސުން ޕްރޮފެޝަނަލް ތަމްރީން ގައި؛ އާ އާންމު އުސޫލުތަކަށް ކިޔަވައިދޭން ފަށާއިރު މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަކީ މުހިންމު ކަމެއް (ފޮޓޯ އެޑިއުކޭޝަން)
މުދައްރިސުން ޕްރޮފެޝަނަލް ތަމްރީން ގައި؛ އާ އާންމު އުސޫލުތަކަށް ކިޔަވައިދޭން ފަށާއިރު މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަކީ މުހިންމު ކަމެއް (ފޮޓޯ އެޑިއުކޭޝަން)
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ 11000 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޔުނިސެފާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށާއި، މިޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށާއި، އަދި މި ޕްރޮގްރާމްގެ ދަށުން އެގާރަހާހަށް ވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިއުނޯމަލްގައި ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ދަރިވަރުންނާއި ބައްދަލުކުރާ މުދައްރިސުންނަކީ، ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ދަރިވަރުންނަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް މަޤްސަދުކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.



މި ތަމްރީންގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށްވެސް އިތުރު ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން