ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި އެބިލާމެދު މަޝްވަރާ ކުރެވި މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އުސްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބިލަކީ ޝަރަފުވެރި ގަދަރުވެރި އަދި ރައްޔިތުންގެ އިތުބާރާ ލޯބި ލިބޭނެ ފުލުހުންގެ ޚިދުމަތެއް އުފެއްދުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.
"އެބިލް ގާނޫނަކަށްވުމުގެ ކުރިން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ހިންގި މައުލޫމާތު ބަދަލުކުރެވޭނެ." އެމްޑީޕީ އާއި ފުލުހުން ޓެގް ކޮށް އެބިލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުން ތަކަށް އިޝާރަތް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލިހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލިހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެގޮތުން ފުލުސް ކޮމިޝަނަރާއި ހޯމް މިނިސްޓަރަށް ކަންކަން އެންގުމުގެ ބާރު ކޮމިޓީއަށް ދީފައި އޮތުމުގެ އިތުރަށް ފުލުހުން ހިންގާފައިވާ، ނުވަތަ ހިންގަމުންދާ ނުވަތަ ހިންގަން ރާވާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހޯދުމުގެ ބާރުވެސް އެ ކޮމިޓީއަށް މިބިލުގައި ލިބިދީފައިވެއެވެ.
ފުލުހުންގެ ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބޮޑެތި ބާރުތަކެއް ދޭން ހިމަނާފައިވާ ބާބުގައި ހުރި ބައެއް ކަންކަމަކީ މަޖިލީހުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ނުފޫޒު ފޯރުވިދާނެ ފަދަ ބަދަލުތަކެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް ވެސް ވަނީ ޤައުމީ ސަލާމަތާ ގުޅޭ ޚިދުމަތްދޭ އިދާރާތައް އިންތިޒާމުކޮށް ރާވައި ހިންގުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެ ނުސީދާކޮށް އެކަމަށް ފާޑުވިދާޅުވެފައެވެ.
އެބިލްގައި ފުލުހުންގެ ހުވާ ބަދަލުކޮށް އިސްލާމްދީނުގެ ކުރިއަށް އިންސާނީ ހައްގުގެ ވާހަކަ ގެންނާތީވެސް ބައެއް ދީނީ އިލްމްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުލުހުންގެ ބިލާއެކު ފުލުހުންގެ އިދާރާގެ ނަމާއި ކުލަ އާއި އިމާރަތް ބަދަލުކުރުމަށް އެމްޑީޕީގެ މެމްބަރުން ގޮވާލާފައިވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ މެމްބަރުންނަށް އަމާޒުވެފައެވެ. ފުލުހުންގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ވަނީ ގައުމީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު