ރާއްޖެއިން މިއަދު ކޯވިޑް-19 އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ އިތުރު 10 މީހަކު މިއަދު ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އިއްޔެގެ 18:00 އިން މިއަދުގެ 18:00 އާއި ހަމަޔަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގްލަދޭޝްގެ 10 މީހެކެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 2150 މީހުން ޕޮޒިޓިވްވެފައިވާއިރު، މިރޭގެ އިރުއޮއްސި 18:00 އާހަމައަށް ބަލިޖެހުނު މީހުންގެ ތެރެއިން އިތުރު 10 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19 އިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 1769 އަށް އަރައިފައެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފަށާފައިވާއިރު، ބޭރަށް ނިކުމުގެ އުޅުމުގައި މާސްކު އެޅުމާއި، ގައިދުރުކުރުމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިގެން 8 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު