ރާއްޖޭގެ މަތީތަޢުލީމުގެ ނިޒާމު ހަލާކުކޮށްލީ ކުރީސަރުކާރުން ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ރާއްޖޭގެ މަތީތަޢުލީމުގެ ނިޒާމު ހަލާކުކޮށްލީ ރައީސް ޔާމީންގެ ސަރުކާރުގެ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ކަމަށެވެ. އެގޮތުން އޭރު ތަޢާރަފްކުރި ބައެއް ސިޔާސަތުތަކުގެ ސަބަބުން މުޅި ނިޒާމު ބޮއްސުންލައިގެން ދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބީ-ޓެކް ޕްރޮގްރާމާއި ޢުމުރުން 18 އަހަރު ފުރެންދެން ސްކޫލް ސިސްޓަމްގެ ތެރޭގައި ދަރިވަރުން ގެންގުޅުމަކީ އެފަދަ ބައެއް ސިޔާސަތުކަމަށެވެ.

އޭގެ އިތުރުން އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިޙާނުގެ ތާރީޚްތަކަށް ގެނައި ބަދަލަކީވެސް މަތީތަޢުލީމުގެ ނިޒާމަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދާދިފަހުން މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ތަސްދީޤު ކޮށްފައެވެ. އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވަނީ ބަދަލުވެގެން ގޮސްފައެވެ.

މަތީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް އެމަސައްކަތުގައި ދެމިހުންނެވި ޝަރީފު މީގެ ކުރިންވެސް ވަނީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުން ޕްރައިވެޓް އިންސްޓިޓިއުޝަންސްތަކަށް އޮތް ފުރުސަތު ހަނިކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އަމިއްލަ ޔުނިވާސިޓީތައް ހެދުމުގެ ފުރުސަތު، ކޮލެޖުތަކަށް ދީފައިވާ ގޮތާމެދު ޝަރީފް ކަންބޮޑުވުން ފާޅުކުރަށްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

އަޒރާ

11-Nov-2022

ކަލޯ ތިހެން ބުނަން ޖާގައެއްނޯންނާނެ ތިކަހަލަ ލާދީނީންތައް މިގައުމަށް ފާވން ފެށީ އެމްޑީޕީ ތެރެއިން ޢަރަބި އިސްލމީ ތަޢުލީމެއް ބިނކުރުމަށ ރ ޔާމީން ސރުކާރުގަ ވ މަސައްކަތް ކޮއްފަ ހުރީ ތިކަހަލަ ދޮޅު ރޯނާ ތަންތަނައްލީމަ އިތުރަށް ރޯނާވާނީ