ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރިކަން ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދުއޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައިވާނެކަމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެފައިވާކަމަށެވެ.
އެހެންނަމަވެސް ޗާގޮސްގެ މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިކަމަށް ޚަބަރު ލިބޭ ސިޓީއާއި، ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހާއި މިހާތަނަށްވެސް ހިއްސާކޮށްފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން އައި.ސީ.ޖޭއިން 2019 ގައި ނިންމި ނިންމުމުގައި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭކަމަށް ނިންމި ނިންމުމާ ގުޅުވައިގެން އދ.ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގައި، ކުރީ ފަހަރުތަކުގައި ދިވެހިރާއްޖެއިން ޢަމަލުކޮށްފައިވާ ގޮތާ ޚިލާފަށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައިގައި އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވާކަމަށެވެ.
"ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭގޮތުން އައި.ސީ.ޖޭއިން ނިންމި ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާކަމެއްވެސް، އަދި އެގޮތަށް ވޯޓުލާން ނިންމި ސަބަބެއްވެސް، އަދި އެގޮތަށް ވޯޓުލާން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަމެއްވެސް މިހާތަނަށް ރައްޔިތުންގެ މަޖިލީހާ ހިއްސާކުރައްވާފައެއް ނުވެއެވެ." މަޖިލީހުގެ ބަޔާނުގައިވެއެވެ.
އޭގެ އިތުރުން ފޯޅަވަހީގެ މައްޗަށް އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ނެތްކަމަށް ކަނޑައަޅުއްވާފައިވާކަމަށް ޚަބަރުތަކުން އިވިފައިވާކަމަށާއި، ދިވެހިރާއްޖެއަށް ދައުވާ ރައްދުވާ ގޮތަށް މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޤައުމަކީ މޮރިޝަސްކަމާއި، މިކަމުގައި ދިވެހިރާއްޖެއިން ކުރިން ދެކެމުން އައިގޮތް ބަދަލުވެއްޖެކަން ޚަބަރުތަކުން އެނގޭކަމާއި، މިއީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުންހުރި ކަމެއްކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ ދިރާސާކުރުމަށްޓަކައި އެޓަރނީ ޖެނެރަލާއި، އޭޖީ އޮފީހުގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން މިއަހަރުގެ ފެބްރުވަރީ މަހު އޭޖީ އޮފީހަށްވަނީ ދެ ސިޓީއެއް ފޮނުވާފައިކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
"ސިޓީތަކުގެ ޖަވާބުގައި، މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މަޢުލޫމާތު ހިމަނައި، ދެ ސިޓީއެއް އެ ކޮމިޓީއަށް އެޓަރނީ ޖެނެރަލް ފޮނުއްވާފައިވެއެވެ. އަދި، އެ މައްސަލައިގައި ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ކަންކަމަކީ، ހުޅުވާލައިގެން ބޭއްވޭނެ އެ މައްސަލައިގެ އަޑުއެހުން ބޭއްވުމާ ހަމައަށް ސިއްރު ހިފަހައްޓަންޖެހޭ ކަންކަން ކަމަށާއި، އެ ތަފްޞީލްތައް ހާމަނުކުރުމަށް ދިވެހިރާއްޖެ ތަމްސީލްކުރުމަށް ޢައްޔަންކޮށްފައިވާ ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވާކަމަށާއި، މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގައި ދިވެހިރާއްޖެއާ ދެކޮޅަށް ބޭނުންކުރެވިދާނެފަދަ ވާހަކަތައް ޢާންމު ނުކުރުމަށް ސަމާލުވުމުގެ މުހިންމުކަމާއި، އެކަމުގެ ސަބަބުން އެ މައްސަލައަށް ނޭދެވޭ އަސަރުކުރާނެކަން އެބޭފުޅުން ފާހަގަކުރައްވާފައިވާކަމަށާއި، އެހެންކަމުން، އެ ސިޓީއާއެކު ހިމަނާފައިވާ އެންމެހައި ލިޔުންތަކުގެ ސިއްރު ހިފެހެއްޓެވުމަށް އެޓަރނީ ޖެނެރަލް އެދިވަޑައިގެންފައިވެއެވެ." މަޖިލީހުގެ ބަޔާނުގައިވެއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، އެސިޓީތަކަށްފަހު ޗާގޮސް މައްސަލައާގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިނުވާ ކަމަށެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމާގުޅިގެން މަޖިލީހުގެ އިދާރާއިން އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅުއްވުމަށްޓަކައި އޮންނަ އިޖުރާއަތުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްކުރުމަށް އޮންނަ އިޖުރާއަތުތައް އޮޅޭގޮތަށް މަސްއޫލު ފަރާތްތަކުން މަޢުލޫމާތު ނުފެތުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު