އަލީ ރަމީޒު
އަލީ ރަމީޒު
ރާއްޖޭގައި ޖިނާއީ ކުށްކުރާ ބޮޑެތި މުޖުރިމުންނަށް ގާނޫނީ ދިގުއަތް ނުފޯރާކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ލަވަކިޔުމުގެ ދާއިރާ އިން ދުރަށް ވަޑައިގެން އިސްލާމްދީނުގެ ޝިއާރު ފާޅުކުރައްވައި އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޕްރޮގުރާމްތައް ހުށައަޅުއްވަމުން ގެންދަވާ އަލީ ރަމީޒްގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖިނާއީ ކުށްކުރާ މުޖުރިމުންނަށް ގާނޫނުގައި އޮންނަ އަދަބު ނުދެވޭ ކަމަށެވެ. އަދި ކުށްކުރަނީ ކޮންބަޔެއް ކަން އެގުނު ނަމަވެސް ބައެއް މީހުންނާއި ގުރޫޕްތަކާއި ހަމައަށް ގާނޫނީ ދިގުއަތް ނުފޯރާ ކަން އެއީ އެންމެން ދަންނަ ހަގީގަތެއް ކަމަށް އަލީ ރަމީޒް ވިދާޅުވިއެވެ.

"އެފަދަ މީހުން (ކުށްކުރާ މީހުން) މި ގޮވަނީ އެންމެންނަށް ހަމަހަމަކަމާއި އަދުލް އިންސާފު ގާއިމްކޮށްދޭން." ވަކިބަޔެއްގެ ނަން ވިދާޅުނުވެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ރައްދުވާގޮތަށް އަލީ ރަމީޒް ވިދާޅުވިއެވެ.

އަލީ ރަމީޒް މި މޭރުމުން ވާހަކަ ދައްކަވާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދެއްވާފައިވާކަމަށް ބުނެ ސީނީއަރ ޕަބްލިކް ޕްރޮސެކިއުޓަރ އަކާއި ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

އެ ޚަބަރު ޓުވީޓާގައި ހިއްސާކުރަައްވައި އަދުލް އިންސާފަކީ މިއީތޯ އަލީ ރަމީޒު ވަނީ ސުވާލުކުރަައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މި ސަރުކާރުގެ ވެރިންގެ މައްސަލަތައް ނުބެލުމަށް ނިންމައިފިކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ފަތުރަމުންދާ ޚަބަރަށް ޕީޖީ ޝަމީމް ވަނީ ރައްދެއް ދެއްވާފައެވެ. އެއީ ދޮގެން ކަމަށް ސީދާ ވިދާޅުނުވެ ޕީޖީ ޝަމީމު ޓްވީޓް ކުރެއްވީ ކީރިތި ޤުރުއާނުގެ އާޔަތެކެވެ. އެޚަބަރާއެކު އަލް ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތް ހިއްސާ ކުރަށްވައި، ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އެކަމުގެ ތެދުދޮގު ބެލުމަށް" ޝަމީމު ވަނީ ހަނދާންކޮށްދެއްވާފައެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީ ކްލަސްޓާގައި ސިޔާސީ ބައެއް ވެރިން ހިމެނޭ ކަމަށާއި، އޭގެތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގެ ވަޒީރުންނާއި، މި ސަރުކާރުގެ ވަޒީރުންނާއި، އޭރާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން