2023އަށް ހުށައަޅާފައިވަނީ ރައްޔިތުންގެ ބަޖެޓެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިއަދު ވިދާޅުވީ 2023ގެ ބަޖެޓުގެ އެންމެބޮޑު އަމާޒަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުޅި ރާއްޖެ ލާމަރުކަޒު ކުރެވޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކޮށްގެން ސިއްޙީ ނިޒާމު އިތުރަށް ތަރައްޤީވާ މަންޒަރު ފެންނަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ހަމައެއާއެކު ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން އަތޮޅުތެރޭގައިތިބެގެން ފެންވަރު ރަނގަޅު ތަޢުލީމް ޙާސިލްކުރެވޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ބަޖެޓުން ޙާސިލްކޮށްދޭ އެންމެ މުހިންމު ކަމަކީ ފެނާއި ނަރުދަމާ ޤާއިމުކުރުމާއި ބަނދަރުތައް ޤާއިމުކުރުން ކަމަށެވެ. އެހެންކަމުން މިއީ އިޤްތިޞާދީ ބަޖެޓެއް ކަމަށާއި ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކުރުމަށް މި ބަޖެޓް މަގުފަހިކޮށްދޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ރަށްރަށުގައި ޤާއިމުކުރެވޭ އެއަރޕޯޓްތަކާއެކު ރައްޔިތުން ރަށުބަންދުން ފިލާނެ ކަން ފާހަގަކުރަށްވަމުން ޝިފާއު 2023ގެ ބަޖެޓު ސިފަކުރަށްވާފައިވަނީ ރައްޔިތުންގެ ބަޖެޓެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު