އިދިކޮޅު ލީޑަރ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް
އިދިކޮޅު ލީޑަރ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް
ރޭ މާލޭގެ ގަރާޖެއްގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެފަދަ ހިތާމަވެރި ޙާދިސާތައް ތަކުރާރު ނުވާނެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގިނަ ޢަދަދެއްގެ މީހުން ނިޔާވެފައިވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި އަލިފާން ނިވާލުމުގެ މަސައްކަތުގައި ބުރަކޮށް އުޅުއްވި ސަލާމަތީ ޚިދުމަތްތަކާއި ޢާއްމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރާކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ޕީޕީއެމުގެ ބަޔާނުގައި ވަނީ މި ޙާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

“މިފަދަ ހިތާމަވެރި ޙާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނެ އިންތިޒާމް ކަނޑައަޅައި ހަރުދަނާ ސިޔާސަތެއް ކަނޑައެޅުމަށް ސަރުކާރަށް ގޮވާލަމެވެ.” ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ޙާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިވުމަށާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި 10 މީހުން ނިޔާވެފައިވާއިރު އިތުރު މީހަކު އެ ޢިމާރާތުގެ ތެރޭގައި ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކުން ދަނީ ކުރަމުންނެވެ.

މިއީ ފަހަކަށްއައިސް ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ޙާދިސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން