މިވަރުގެ ވެރިކަމެއް މިވޭތުވެދިޔަ ފަންސާހަކަށް އަހަރުވެސް ފެނިވަޑައި ނުގަންނަވާކަމަށް ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 2023 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ ފުނަދޫ ދާއިރާގެ ރައްޔިތުންނަށް މިވަރުގެ އޯގާތެރި ވެރިކަމެއް ފެނިފައިނުވާ ކަމަށެވެ.

ފުނަދޫ ދާއިރާއަށް ވޭތުވެދިޔަ ފަންސާހަކަށް އަހަރު ނުލިބޭ ވަރުގެ ތަރައްޤީ މި ސަރުކާރުން ގެންނަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ އިތުރުން މި ސަރުކާރާމެދު ފުނަދޫ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

“ފަޚުރުވެރިކަމާއެކު މޭގައި އަތް ޖަހާލާފައި ކޮންމެ ރައްޔިތަކު އެބުނަނީ ބަލަބަލަ ތަކުރާއޭ މިވަރުގެ ވެރިކަމެއް ތިމަންނަމެން ދުވަހަކުވެސް ނުދެކެމޭ.” ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޢުމުރުންދުވަސްވީ މީހުންވެސް ރައީސް ޞާލިޙްނޫން ވެރިއެއް ބޭނުންނުވާކަމަށް ބުނަމުންދާ ކަމަށެވެ. އަދި މުޅިދުނިޔެ އަތްފުނާއެޅިޔަސް ރާއްޖޭގެ ވެރިކަމަށް ގެންނަން އިބްރާހިމް މުޙައްމަދު ޞާލިޙައްވުރެ މޮޅު އިޚްލާސްތެރި މީހަކު ނެތްކަމަށް ޝާހިދު ވިދާޅުވިއެވެ.

“ކަންކުރެވޭ ހިންގާލެވޭ މީހަކުވެސްނެތޭ ޢިއްޒަތްތެރި ރައީސް.” މެންބަރު ޝާހިދު ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހެނީ އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން ދާއިރާގެ ލާބައާއި މަންފާއަށްޓަކައި އެކަމަށް އަބަދުވެސް ވަކާލާތުކުރަށްވާނެ ކަމަށް ޝާހިދުވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މޫސާހަލީލު ކެތި

11-Nov-2022

މިވަރުގެ އަނިޔާވެރި ވެރިކަމެއް އަދި ފެނިފަކާ ނެއް މިމުސީބާތުން މިންޖު ކުރައްވާދޭވެ އާމީން



ޓްރެންޑިން