ރައީސް ޞާލިޙަކީ ޕްލޭން ކުރަށްވައިގެން މަސައްކަތްތައް ކުރަށްވާ ރައީސެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ރައީސް ޞާލިޙަކީ ހަމަހުންނަވާފައި އެއްވެސްކަމެއް ކުރަށްވާ ބޭފުޅެއްނޫން ކަމަށެވެ. އޭގެބަދަލުގައި ރައީސް ޞާލިޙް ކުރަށްވާ ހުރިހާ ކަމެއްވެސް ކުރަށްވަނީ ޕްލޭން ކުރަށްވައިގެން ވަކި އަމާޒަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ސިއްޙީ ދާއިރާއިން ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ދާއިރާއަށް މި ސަރުކާރުގެ ފުރަތަމަ 4 އަހަރު ލިބިފައިވާ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ނަސީމް މިއަދު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ ކޮވިޑް-19 އިން އަރައިގަތުމަށް ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތަކީ ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ނަމޫނާއަކަށް ބަލާ މަސައްކަތެއް ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ސިއްޙީ ދާއިރާއަށް މިވަގުތުއޮތް އެންމެބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އޮތް މިންވަރު ކަމަށެވެ. އަދި އެރޮނގުން ޚާއްސަ މަސައްކަތްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ޕްރޮގްރާމް މި ފައްޓަނީ ރާއްޖޭގެ އެންމެންގެ ސިއްޙީ ޙާލަތު ހުރިގޮތް ދެނެގަތުމުގެ. އެ ޕްރޮގްރާމަށްފަހު އަޅުގަނޑުމެންނަށް އެނގޭނެ ކޮން ޙާލެއްގައިކަން އެމީހުންތިބީ. އެމީހުންގެ ސްޓޭޓަސް." ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް މިއަދު ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ހެދި ދިރާސާއެއްގައި ހަކުރުބަލީގެ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް އެމީހުންގެ ގައިގައި ބަލިހުރިކަން ނޭނގޭ ކަމަށެވެ. އެހެން ކަމުން އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ސިއްޙީ ޙާލަތު ދެނެގަނެގެން ނޫނީ ރަނގަޅު ސިއްޙަތެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މި ހިންގޭ ޕްރޮގްރާމްތަކާއެކު ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު