މާލޭގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ކުޑައަންހެންކުއްޖަކު ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހއ.ބާރަށު އަނީސް ހިލްމީއެވެ. ފުލުހުން ބުނީ ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގައި އަނީސްގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ. އެމައްސަލައިގައި އަނީސް ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައި ވަނީ ހަތް ދުވަހެވެ.
މި މައްސަލައިގައި ފުލުހުންގެ އެދުމުގެ މަތިން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފުރަތަމަ އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ. އެކަމަކު، ޕީޖީން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން އަމަލުކޮށްފައެއް ނުވެއެވެ.ކްރިމިނަލް ކޯޓުގެ އެ ނިންމުމާ ގުޅިގެން އާންމުންގެ ފާޑު ކިޔުން ވަނީ ކްރިމިނަލް ކޯޓަށް އަމާޒުވެފައެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، ޝަރީއަތް ނިމެންދެން އަނީސް ބަންދުކޮށްދިނުމަށް ދެން އޮންނަ މުއްދަތު މަޖިލީހެއްގައި ފުލުހުން އަލުން އެދޭނެ ކަމަށެވެ. އެގޮތަށް ވަކާލާތު ކޮށްދޭން ޕޮރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެދިވަޑައިގެންފައިވާ ކަން ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ އަނީސް ހައްޔަރު ކުރީ ޖޫން 10 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހު ދިރިއުޅޭ ގޭގައި ހުއްޓައެވެ. ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު