ފައިސާ ނުދޭކަމަށް ބުނެ މަސްވެރިން އިހުތިޖާޖު ކުރި ނަމަވެސް މިއަދާ ހަމައަށް ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަމަށް ހޮރައިޒަން ފިޝަރީޒުން ބުނެފިއެވެ.
ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން ކަމަށްބުނެ ލ. މާންދޫގައި ކުރަމުން އަންނަ އިޙްތިޖާޖްގައި ގިނަ ޢަދަދެއްގެ މަސްވެރިން ދަނީ ބައިވެރިވަމުންނެވެ. މާންދޫގައި އިޙްތިޖާޖް ކުރަމުން އަންނަ މީހުން ބުނެފައި ވަނީ އެ ފަރާތްތަކަށް ލިބެން ޖެހޭ 21 މިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ.
މަސްވެރިންގެ އިޙްތިޖާޖާއި ގުޅިގެން ހޮރައިޒަން ފިޝަރީޒުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާންދުއަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭކަމަށެވެ.
ހޮރައިޒަނުން ބުނީ ދުނިޔޭގެ ޙާލަތު މިވަގުތު ހުރި ގޮތުން މަސްވެރިންނަށް އެއްފަހަރާ ވަގުތުން ފައިސާދިނުމަކީ ކުރަން ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ފައިސާ ދެނީ މަސްވެރިންނާ އެކީ އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި ދަރަންޏަށް ފައިސާ ހޯދައިގެންނާއި އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީގައި ކަމަށެވެ.
"މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަން ފާހަގަކުރަމެވެ،" ހޮރައިޒަންގެ ބަޔާނުގައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި މަހުގެ އަގާއި ދަތުރު ފަތުރާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެކުންފުނި ހިންގަމުންދަނީ އިންތިހާއަށް ބޮޑު ގެއްލުމުގައި ކަމަށް ހޮރައިޒަންގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް މަސްވެރި އާއިލާތަކުގެ ހެވާއި ލާބައަށްޓަކައާއި ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި އެކުންފުނިން ވަރަށް ބޮޑު ގުރުބާނީއެއްވަމުންދާ ކަމަށް ހޮރައިޒަނުންވަނީ ބުނެފައެވެ.
މިވަގުތު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މިކަމާ ގުޅިގެން ރާއްޖޭގެ މަހަށް ދެކޮޅު ޖެއްސޭފަދަ އަގެއް ނުލިބޭތީ މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރާއްޖޭގެ ޕްރައިވެޓް ކުންފުނިތައް ހިންގަން ދަތިވެފައިވާ ކަމަށް ހޮރައިޒަނުން ވަނީ ބުނެފައެވެ.
ހޮރައިޒަނުން ބުނީ އެކުންފުނީގެ މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސްކިރާ ދޯނިތަކާއި މަޝްވަރާކޮށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ކުރިއަށްދާ އިހުތިޖާޖަކީ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު