އެމްޑީޕީން އުފެއްދި ކޮންމެ ސިޔާސީ މީހަކަށް ޕާޓީގެ އަމާޒު ރަނގަޅަށް އެނގޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅިގެން މޫސާ މަނިކު މިއަދު ވިދާޅުވީ އެމްޑީޕީގެ އޮޑި ބަނދެފައިވަނީ އެހާ ފަސޭހައިން ފައްތާލެވޭނެ ގޮތަށް ނޫން ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އޮތީ ބަދަހިކޮށް ކަމަށާއި އިންތިޚާބުތަކަށް ނިކުންނާނީވެސް ގަދަކޮށް ކަމަށެވެ.

“އެތެރެއެއްބޭރެއް ކިޔާނެކަމެއްނެތް. އެމްޑީޕީން އުފެއްދި ކޮންމެ ސިޔާސީ މީހަކީ މިޕާޓީގެ އަމާޒާ މިސްރާބު ރަނގަޅަށް ދަންނަމީހުން. މިއޮޑިއެއްފައްތައެއް ނުލެވޭނެ.” ދާދިފަހުން އެމްޑީޕީއަށް ސޮއިކުރެއްވި މޫސަ ވިދާޅުިވިއެވެ.

މީގެކުރިން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރެއްވި މޫސަ އެމްޑީޕީން ވަކިކޮށްފައިވަނީ 2016 ގައެވެ. މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމާއި ވެސް ގުޅިވަޑައިގެންފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން