އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ފޮޓޯ އާންމުކުރުމުގެ ބަދަލުގައި ކަމެއް ކުރެވުނު ކަމަށް ވާނީ ނަތީޖާ ނެރެދިނުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހަންމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ކަން ކުރެއްވި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން ކަމެއް ކުރި ކަމަށްވާނީ ހަމައެކަނި ފޮޓޯ ނަގާފައި އާންމުކުރުމުން އެކަނި ނޫން ކަމަށާއި، އޭގެ ބަދަލުގައި ނަތީޖާ ނެރެ ދައްކަންޖެހޭ ކަމަށެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ކޮލެޖްތަކަށް ނުވަދެވިގެން އުޅޭކަން ފާހަގަ ކުރައްވަމުން ޑރ.ޝަހީމް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އޯ ލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓުތަކުގެ އަސްލު މިހާތަނަށް އައިއިރުވެސް ދޫކުރެވިފައި ނުވާކަމަށެވެ.
ޑރ.ޝަހީމް ވަނީ އެވަރު ކަމެއް ވެސް އެޑިއުކޭޝަން މިނިސްޓްރީ އަށް ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
"މިކަންކަމުގައި ވެސް ގޯސްވާނީ މިވާހަކަ ދައްކާ މީހާ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެބަޖެހޭ މިކަމުގައި ހަރުދަނާ މަސައްކަތްތަކެއް ކުރަން." އޯއައިސީގެ މަގާމެއް ފުރުއްވާ ޑރ.ޝަހީމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޯލެވެލް އާއި އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ސެޓްފިކެޓުތައް ނުލިބި ލަސްވަމުން ދާތީ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވަނީ ސެޓްފިކެޓްތައް ލިބުން ލަސްވަނީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ހެދި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި ވާތީ ކަމަށެވެ. އެހެން ނަމަވެސް ދަރިވަރުންގެ އޭލެވެލް ސެޓްފިކެޓްތައް މިހާރު ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި ހަމަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭ ލެވެލްގެ ސެޓްފިކެޓުތައް ލިބި އަންނަ ހަފުތާގައި ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިިނޭޝަން (ޑީޕީއީ) އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު