އެމްޑީޕީއަކީ އެކެއް ދެމީހެއްގެ މަސައްކަތް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒޭނާ އާދަމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ މެދުގައި މީސްމިޑިއާއިގައި މިހާރު ބަދަލު ކުރަމުންދާ ބަހުގެ ޙަމަލާތަކާ ގުޅިގެންނެވެ.

މޫސަ މިއަދު ވިދާޅުވީ ޕާޓީތައް ފުނޑުފުނޑުވެ ހަލާކުވެދަނީ ޒުވާބުތައް ފުޅާވެގޮސް ފިތުނައިން އަރައިނުގަނެވިގެން ކަމަށެވެ. އަދި އެއީ އެމަނިކުފާނު ކުރެއްވި ތަޖުރިބާއެއް ކަމަށާއި އެހެންކަމުން ޒުވާބު ހުއްޓުމަށްފަހު ޙަޤީގަތާ ކުރިމަތިލުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު ތަޖުރިބާކުރި ޙަޤީގަތަކީ ޕާޓީއާ ދުރުގަހުރެގެން ފާޑުކިޔަން ފަސޭހަކަން. ޕާޓީއަކީ އެކެއް ދެމީހެއްގެ މަސައްކަތެއްނޫން." މޫސާ މަނިކު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ރައީސް ޞާލިޙާއި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް ދެމުންނެެވެ.

އެގޮތުން ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަންގެ މެންބަރުންނާއި ރޮޒޭނާއާއި ދެމެދު މިފަހުން ވަނީ ބަހުގެ ހޫނު ހަމަލާތަކެެއް ބަދަލުކޮށްފައެވެ. އަދި އެފަރާތްތަކުން މިހާރު ވަނީ ރޮޒޭނާއާއި ދެކޮޅަށް މީސް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަފީފާ

18-Nov-2022

މޫސާ ކޮންމެ އެއްޗެއް ކިޔަސް ވިދާޅުވާ ވާހަކަ ނޫހުގަ ލިޔާތި. މަޝްހޫރުކަން ހޯދަން އެމްޑީޕީގެ ތެރެއަށް ވަދެގެން ހިލިގެން އެ އުލެނި.


5

އަފީފާ

18-Nov-2022

މޫސާ މަނިކު ތީ ސުމެއްގެ މީހެއް.



ޓްރެންޑިން