8.6 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވުމުން ލ. މާންދޫގައި މަސްވެރިން ކުރަމުންދިޔަ އިޙްތިޖާޖު މެދުކަނޑާލައިފިއެވެ.
ހޮރައިޒަން ފިޝަރީޒުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން ކަމަށްބުނެ ލ. މާންދޫގައި ކުރަމުން އަންނަ އިޙްތިޖާޖްގައި ގިނަ ޢަދަދެއްގެ މަސްވެރިން ދަނީ ބައިވެރިވަމުންނެވެ. މާންދޫގައި އިޙްތިޖާޖް ކުރަމުން އަންނަ މީހުން ބުނެފައި ވަނީ އެ ފަރާތްތަކަށް ލިބެން ޖެހޭ 21 މިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ.
އެހެންނަމަވެސް މިއަދު އިރުއޮއްސި 6 ގެ ކުރިން މިހާރު މާންދޫގައި މުޒާހަރާ ކުރަމުންދާ ދޯނިތަކަށްވާ 8.6 މިލިއަން ރުފިޔާ ޖަމާކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން އެއްބަސްވެފައިވާކަމަށް މަސްވެރިންވަނީ ބުނެފައެވެ. އެހެންކަމުން މަސްވެރިން މިހާރުވަނީ އެފަރާތްތަކުން ކުރަމުން ގެންދިޔަ އިޙްތިޖާޖު މިއަދުގެ އިރުއޮއްސުމާ ހަމައަށް މެދުކަނޑާލާފައެވެ.
މީގެ ދެދުވަސްކުރިން މަސްވެރިން ފެށި އިޙުތިޖާޖްގެ ސަބަބުން މާންދޫ ފެކްޓްރީގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެ.
މަސްވެރިންގެ އިޙްތިޖާޖާއި ގުޅިގެން ހޮރައިޒަން ފިޝަރީޒުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާންދުއަށް ގަންނަ މަހަށް މަސްވެރިންނަށް ގަވައިދުން ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެެއް ދޭކަމަށެވެ. އަދި މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ އިތުރުވެފައިވާ އެއްވެސް ބިލެއް ނެތްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަދި މިހާރު ކުރިއަށްދާ އިހުތިޖާޖަކީ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށް ހިންގާ ނާތަހުޒީބު އަމަލެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މާންދޫން މަސްވެރިންނަށް ފައިސާ ނުދޭތީ ރައްޔިތުންގެ މަޖިލީހަށް މިއަދުވަނީ ކުއްލި މައްސަލައެއް ހުށައަޅައި ބަހުސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު