ފްރަންޓްލައިންގައި ހަރަކާތެރިވާ އޮފިޝަލުން މަސައްކަތުގައި
ފްރަންޓްލައިންގައި ހަރަކާތެރިވާ އޮފިޝަލުން މަސައްކަތުގައި
މާލެއިން ގއ. މާމެންދުއަށް ދިޔަ މީހުންގެ ތެރެއިން އިތުރު ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު މާމެންދޫއިން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ޕޮޒިޓިވްވި މީހާއާއި އެއް ފްލައިޓަކުން ދަތުރުކުރި އޭނާގެ ދެ ކޮއްކޮއިން ކަމަށް އެންއީއޯސީން ބުނެފައި ވެއެވެ.

މި ތިން މީހުންނާއެކު މިމަހު 13 ވަނަ ދުވަހު ކޫއްޑޫއަށް ދަތުރުކުރި ފްލައިޓުގައި ޖުމްލަ 40 މީހުން ވަނީ ދަތުރުކޮށްފައެވެ. މި ތިން މީހުންގެ އިތުރުން އެ ފްލައިޓުން ދެން ދަތުރުކުރީ އެ އަތޮޅު ގެމަނަފުށީ މީހުންނެވެ.

މިމަހު 18 ވަނަ ދުވަހު މާމެންދޫއިން ފުރަތަމަ މީހާ ފެނިފައިވާއިރު، ދެން ތިބި ދެމީހުން ޕޮޒިޓިވް ކަން ދެނެގަނެވިފައި ވަނީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. މިއަދު ޕޮޒިޓިވްވި ދެ ކުދިން ތިބީ އެރަށުން ކުރިން ޕޮޒިޓިވްވި އެކުދިންގެ ބޭބެއާއި އެއްކޮށް އެއް ކޮޓަރިއެއްގައި ހޯމް ކަރަންޓީނުގައެވެ. މި ތިން މީހުންނާ އެރަށުން އިތުރު ބަޔަކާ ބައްދަލުވެފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މާމެންދޫއާއި ގެމަނަފުށި މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މާމެންދޫން ކޯވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ގައި ކަމަށާއި އޭނާ މާލެއަށް އައިސްފައިވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން