ހުޅުމާލެ ޖަލުން ސާމްޕަލް ނަގަނީ
ހުޅުމާލެ ޖަލުން ސާމްޕަލް ނަގަނީ
ކްރިމިނަލް ކޯޓުގެ މުވައްޒަފަކާއި، މާލެ ޖަލުގައި މަސައްކަތް ކުރާ ކަރެކްޝަންސް އޮފިސަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ޕޮޒިޓިވްވެފައި ވަނީ، އެކޯޓުގެ ޝަރުޢީ ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އަދި އެކަމާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ކޯޓުގެ ބައެއް މުވައްޒަފުން ތިބީ އައިސޮލޭޝަންގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ޝަރުޢީ ކޯޓުތަކުން ވީޑިއޯ/ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދާއިރު، ކްރިމިނަލް ކޯޓުން ވެސް ދަނީ ވީހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން މިހާރު ކޯޓުގައި އަމަލީގޮތުން އެހާ ގިނަ މުވައްޒަފުން ހަރަކާތެއް ނުވެއެވެ.

މީގެ އިތުރުން މިއަދު ވަނީ މާލޭ ޖަލުގައި މަސައްކަތްކުރާ ކަރެކްޝަންސް އޮފިސަރަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ބުނެފައިވަނީ، މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކަމަށާއި، އެހެންކަމުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު މިހާތަނަށް އައިއިރު، 5 މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ އެނގިފައެވެ. އެއީ އެންސިސްގެ މުވައްޒަފަކާއި، މާލެ ޖަލުގެ މުވައްޒަފެއްގެ އިތުރުން މާލެއިން ގއ މާމެންދޫއަށް ދިޔަ ދެމީހަކާއި ކްރިމިނަލް ކޯޓުގެ މުވައްޒަފެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން