ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ސަރުކާރުން ހުށައެޅި ފުލުހުންގެ ބިލަށް އެމްޑީޕީގެ ޕީޖީ މެންބަރުން އިތުރު އިސްލާހުތަކެއް ހުށައެޅީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް އިތުބާރު ނުކުރާތީތޯ ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރުުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅާފައެވެ. އެގޮތުން ވެރިކަން ހިންގާ ފަރާތަށް އޮންނަ ބާރާ އިޚުތިޔާރު ގައުމީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ނެގުމަށް ބައެއް އިސްލާހުތައް ހުށައަޅާފައިވެއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި، ސަރުކާރުގެ ފަރާތުން މަޖިލީހަށް ފުލުހުންގެ ގާނޫނު އިސްލާހުތަކާއެެކު ހުށައަޅާފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން އިތުރު އިސްލާހުތަކެއް ހުށައެޅީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. އަދި އެކަން އެހެން ހިނގާ ދިއުމަކީ ރައީސް ސޯލިހާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރުންތޯއޭ ވިދާޅުވެ މޫސަ ވަނީ މިފަހަރު ތަފާތު ސުވާލެއްވެސް އުފައްދަވާފައެވެ.

"ފުލުހުންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން. ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ލީޑަރު. އެ އިސްލާހު ކަމުނުގޮސްގެން ޕާޓީގެ ޗެއާޕާސަން މަޖިލީހަށް އިސްލާހު ތަކެއް ލީމާ ޕާޓީގެ ރައީސް މަޖިލީހުން އެ އިސްލާހު ކުރިއަށް ގެންދަނީ ރައީސް ސޯލިހާއި ޕާޓީގެ ވެރިން ހަނގުރާމަ އިއުލާނުކުރެއްވީތޯ؟" މޫސަގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

ފުލުހުންގެ ބިލަކީ އެ މުއައްސަސާގެ ތެރެއަށް ސަރުކާރުންނާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް ބޭފުޅުން ސިޔާސީ ނުފޫޒު ވެއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ފުލުހުންގެ ބިލް މަޖިލީހަށް ބަލައިގަނެ އެބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން