ޑރ. އަލީ ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަލީ ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާލެއިން މިހާރު ފެންނަ މަންޒަރުން ކޯވިޑް-19 އިތުރަށް ފެތުރުން ގާތް ކަމަށާއި އަނެއްކާވެސް ލޮކްޑައުން ކުރަންޖެހިދާނެ ކަމުގެ އިންޒާރު ކޯވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އަލީ ލަތީފް މިރޭ ދެއްވައިފިއެވެ.

ޑރ. އަލީ ލަތީފް މިހެން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. ޑރ.އަލީ ލަތީފް ވިދާޅުވީ މާލޭގައި މިހާރު ފެންނަ މަންޒަރަށް ބަލާއިރު ކޯވިޑް-19 އިތުރަށް ފެތުރުން ގާތް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް ލޮކްޑައުން ކުރަންޖެހިދާނެ ކަމުގައި ޑރ. ޢަލީ ލަތީފް ވިދާޅުވިއެވެ.

"ލޮކްޑައުން ލުއި ކުރުމާ ގުޅިގެން އަޅުގަނޑުމެންނަށް މިހާރު ފެންނަމުންދަނީ މާލޭގެ މަގުމަތީގަ ވަރަށް ގިނައިން މީހުން އެއްވާތަން، މީގެ ސަބަބުން ކޯވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް، މިގޮތަށް ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ މާލެ އަނެއްކާވެސް ލޮކްޑައުން ކުރަން." ޑރ. އަލީ ލަތީފްގެ ވީޑިއޯ މެސެޖްގައިވެއެވެ.



މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ ހާލަތު، މަރުހަލާ ތަކަކަށް ބަހާލައިގެން ލުއި ދެމުން އަންނައިރު މިހާރު ލުއިތައް ދީފައިމިވަނީ ދެވަނަ މަރުހަލާގައެވެ. އެއީ ފަތިހު ފަހަކުން ރޭގަނޑު 10:00 އާއި ހަމައަށް އާންމުކޮށް ބޭރަށް ނުކުމެ އުޅެވޭ ގޮތަށެވެ. އަދި އިތުރު ބޮޑެތި ލުއިތަކެއް ޖުލައި މަހު ދެވި، ސްކޫލުތައްވެސް ޖުލައިމަހު ހުޅުވާލަން ނިންމާފައިވާ ކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން