މިއަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން އެކަމާދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ރައްދު ދެއްވައިފިއެވެ.

މޫސާ މަނިކު މިއަދު ވިދާޅުވީ ޓެކްސްބޮޑުވެގެން އެވާހަކަ ދައްކާ ފަރާތްތަކުގެ ތެރޭގައި ދަޢުލަތުގެ މާލިއްޔާއިން މުސާރައާއި، އިނާޔަތް ނަންގަވާ ބޭފުޅުން ތިއްބެވި ކަމަށެވެ. ހަމައެއާއެކު ދަޢުލަތުން ޚަރަދުކުރާ ސިޔާސީ ޕާޓީތަކުންވެސް އެފަރާތްތަކަށް ލިބޭ އެންމެ ރުފިޔާއެއްވެސް ދޫކޮށްލުމަށް އެއްބަސްނުވާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުން ކޯވިޑްގެ ދަތި ޙާލުގައިވެސް މުސާރައާއި، އިނާޔަތުގެ ފައިސާއާއި، ޕާޓީއަށް ފައިސާވެސް ނަންގަވާފައިވާކަމަށެވެ.

"ދެންކޮންވާހަކައެއް؟" މޫސަ ސުވާލު އުފައްދަވާފައިވެއެވެ.



ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ. އެބިލު ރައއްޔިތުންގެ މަޖިލީހުގެ 55 މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


1

ވަޙީދު

18-Nov-2022

ޓެކުސްނަގާތީ ރައްޔިތުންގެތެރެއިން ބަޔަކު ކަނބޮޑުވަނީ ޓެކްސް ނަގަން ފާސްކުރާޤާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމާއި ނިކަމެތި ރައްޔިތުން އަތުން ނުސީދާކޮށް ބަރާބަރަށް ޓެކްސް ނަގަމުންދާތީއާއި ބޮޑެތިފައިދާތަށް އިންތިހާއަށް ލިބެމުންދާ ބައެއް މީހުންގެ އަތުން ލިބެންޖެހޭ ބޮޑެތި ޢަދަދުތައް ނުލިބިހުއްޓަސް އެކަމާއި އަޅާނުލައި ރާއްޖޭން ބޭރުގެ ފަރާތްތަކުން ތަނެއް ދޮރެއް ނުބަލައި ބޮޑެތި ލޯނުތައް ނަގައިގެން މުޅިޤައުމުދަރާވިކި އަތްނުފޯރާ ހަސާބަށްގޮސް ސްރީލަންކާއަށް ޖެހިފައިވާ ޙާލަށްވުރެވެސް ދަށު ދަރަޖައަކަށް ވެއްޓިގެން ހިނގާދާނެތީއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އިސްވާ ބޭބޭފުޅުން ވެރިކަން ނިމުމަށްފަހު އެހިންގަވަންޖެހޭ ބޮޑުއޮފީހަކާއި ބޭސްފަރުވާ އެހެނިހެން ޢިނާޔަތްވެސް މިޤައުމާއި އެކަށީގެން ނުވާމިންވަރަކަށް ދެމުންދިއުމާއި ސާޅީސް ފަންސާސް އަހަރު ވަޒީފާ އަދާކޮށްފައި ރިޓެއަރ ވެފައިވާ މުއަްޒަފުންނަށް 2 ކޮޓަރީގެ އޕާރޓްމެންޓެއް ޙަވާލު ކޮށްފައި އެތަނުގެ ކުލި ދެއްކުމުން އެފަކީރުއަތުގައި ކާނެބޯނެއެއްޗެއް ގަނެލެވޭވަރުގެ ފައިސާކޮޅެއްވެސް ރިޓެއަރ ވުމުން ލިބޭ މުސާރައިން ބާކީނުވާކަމާއި ނިކަމެތި ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ އާސަންދަވެސް ހެޔޮގޮތުގައި ނުދިނުމެވެ. ހެޔޮގޮތުގައި ނުދޭކަމަށް މިބުނަނީ ބަލިވެގެން ދިޔުމުން ޑޮކްޓަރ ޕްރިސްކިޕްޝަންގައި ލިޔެދޭ ބައެއްތަކެތި އެއީ އާސަންދަ ކަވަރު ކުރާތަކެއްޗަށް ނުވުމާއި އެޑްމިޓްކުރާ މީސްމީހުންގެ އަތުން ރިސްޗާރޖް ކުރުމުގެކުރީން އެތައް ހާސްރުފިޔާއެއް ދެއްކުމުންނޫނީ ގެއަށް ދެވޭގޮތްނުވުމެވެ. ބައްޔެއްވެގެން ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރަކު ޕްރިސްކިޕްޝަންގައި އެބައްޔަކާއި ގުޅޭ ލޯޝަނެއް ލިޔެދީފިނަމަ އެއީ އާސަންދަ ކަވަރުކުރާއެއްޗަކަށް ނުވޭ!ދަތެއްގައި ރިއްސާތީ ދިުމުން ކުރާބައެއްކަންތައް ވެސް އެއީ އާސާދަ ކަވަރުކުރާއެއްޗަކަށްނުވެޔޯ މިކަހަލަ ކިތަންމެވާހަކައެއް! އެކަމުޓެކްސް މިނަގަނީ ރއްޔިތުންގެ އަތުން!


-8

މިއަދު

18-Nov-2022

ރީކޯ ފުރަތަމަރޢިއްޔަތުންނަށް ދޭންޖެހެހިފައޮތް ރަޢިއްޔަތުން ހައްގު ފައިސާކޮޅުދީބަލަ އެއިގެފަހުން ރަޢިއްޔަތުން ކުރަބުރަމަސައްކަތުން ލިބޭ ފައިސާއިން ޓެކުސްނަގަން ނިންމަންވާނީ


3

ޣ.

18-Nov-2022

ބަލަ މޫސަގެ ދަރިފުޅު ރާއްޖެއިން ބޭރުގަ ދައްޓައިގެން ޚަރަދު ކުރުމަހް ރައްޔިތުން ފެލާން ޖެހޭތަ?