އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ 50 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިޢްވާން ވިދާޅުވީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ 50 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ތަޙުޤީޤު ކުރަމުންގެންދާ ކަމަށެވެ. އަދި ބައެއް މައްސަލަތައް މިހާރުހުރީ ދަޢުވާކުރުމުގެ މަރުޙަލާގައި ކަމަށްވެސް މިޢްވާން ވިދާޅުވިއެވެ.
"އެމްއެމްޕީއާރްސީ މައްސަލައިގެ 50 އަށް ވުރެ ގިނަ މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އެބަގެންދޭ. ބައެއް މައްސަލަތައް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށް އޭސީސީން މަޖިލީހުގައި ވަނީ ވިދާޅުވެފައި،" މިޢްވާން ވިދާޅުވިއެވެ.
ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް، މިފެންނަނީ ހަމަހަމަ 4 އަހަރު ކަމަށެވެ.
މިޢްވާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި، ވޯޓު ދިންއިރު ރައްޔިތުން އިޚްތިޔާރުކުރެއްވި ގޮތަށް ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ޚިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިކަމަށެވެ.
" މިއަދު ސަރުކާރަށް ހަތަރު އަހަރު ވެގެންދާއިރު، އަޅުގަނޑުމެންނަށް މިފެންނަނީ ހަމަހަމަ 4 އަހަރު ފުރިގެންދާތަން. ސިޔާސީ ކުލަޔަކަށް، ރަށުގެ ސައިޒަށް އާބާދީއަށް، ސަރަހައްދަށް ނުބަލައި، ތަރައްޤީއަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ އެއްޗަކަށް ވެގެން ހިނގައްޖެ." މިޢްވާން ވިދާޅުވިއެވެ.
މިގޮތުން މިޢްވާން ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިފާއިތުވި ހަތަރު ކުރައްވާފައިވާ މުހިއްމު ބައެއްކަންކަން ޚުލާސާގޮތެއްގައި ވިދާޅުވެ ދެއްވާފައެވެ. މީގެ އިތުރުން މިޢްވާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް ފުއްދިފައިވާ ކަމަށެވެ. އަދި ރިޔާސީ ވަޢުދުތަކުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި ހިނގަމުންދާކަންވެސް މިޢްވާން ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އީޕީއޭއިން އެފްކޮންސް ޖޫރިމަނާކުރުމަކުން، ބުރިޖުގެ މަޝްރޫޢަށް މަޑުޖެހުމެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ. އަދި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާނެ ކަމުގައިވެސް މިޢްވާން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު