ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ކޯވިޑް-19 ޖެހިފައިވާ އިތުރު ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށެވެ.

"ޓްރީޓޮޕްގައި ތިބީ 3 މީހުން. އެކަކު ވެންޓިލޭޓަރުގައި. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އަށް މީހަކު. އެކަކު ވެންޓިލޭޓަރުގައި. ޑީއެޗް11 ގައި މީހަކު ނެތް." މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތަކުގެ ޓްރެންޑަށް މާބޮޑު ބަދަލެއް ނާންނަކަމަށާއި، އަލާމާތްތައް ހުރި ކޭސްތަކާއި، ބިދޭސީންނާއި ދިވެހިންނާއި ވެސް އުޅެނީ ވަރަށް އެއްވަރު ލެވެލްއެއްގައި ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މިހާތަނަށް ބަންގަލަދޭޝްގެ 2498 މީހަކު ޤައުމަށް ފޮނުވާލާފައިވާ ކަމަށާއި، އިތުރު މީހުން ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިވަގުތު 294 މީހަކު އައިސޮލޭޝަނުގައި އެބަތިބި ކަމަށާއި، އަދި ޓްރާންސިޓް ކަރަންޓީނުގައި 215 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގެ ކަރަންޓީނުގައި 151 މީހަކު އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2187 އަށް އަރާފައެވެ. މި ބަލި ޖެހިގެން ރާއްޖެއިން ނިޔާވެފައި ވަނީ، 8 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން