އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
އެހެންކަމުން، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތީން، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އިތުރުކޮށްދެއްވާފައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި މިހާރު ތިއްބަވަނީ ޗީފް އޮމްބަޑްސްޕަރސަން އަލްއުސްތާޛު ޢަބްދުއްސަލާމާއި އޮމްބަޑްސްފަރސަން އަލްއުސްތާޛާ ޖިހާދާ އަނީސް އާއި އޮމްބަޑްސްފަރސަން އަލްއުސްތާޛު މުޞްޠަފާ ޙަމީދެވެ.

ކިޔުންތެރިންގެ ހިޔާލު