ފިތުނަ އުފައްދާ މީހުންނަށް އެމްޑީޕީއަކީ ފިކުރެއްކަން ފެންނާނެކަމަށް ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އެމްޑީޕީއާއި ދުރުގައި ހުންނެވުމަށްފަހު އަލުން ޕާޓީއާ ގުޅިވަޑައިގެންނެވި މޫސަ މިއަދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީއާ ދެކޮޅު ފިކުރުތަކުގައި ތިބި އެންމެންގެ ބޭނުމަކީވެސް ކޮންމެ ގޮތަކުންވިޔަސް އެޕާޓީ ހަލާކުކޮށްލުންކަމަށެވެ. އެގޮތުން މިފަހަރު ފިތުނައިގެ ހުޅުރޯކޮށްލީ ޕާޓީގެ އެތެރޭގައި ކަމަށް މޫސަ ވިދާޅުވިއެވެ.
"ދަރުޖައްސާ އަންދަން އައިސްތިބި މީހުން ސަމާލުވާށެވެ. އެމްޑީޕީއަކީ ފިކުރެއްކަން ފެންނާނެއެވެ." މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ އުފެއްދި ކޮންމެ ވެރިކަމެއްވެސް ދިވެހިރައްޔިތުންނަށް ގެނެސްދިނީ ތަރައްޤީއާއި ކުރިއެރުން ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 4 އަހަރު ނިންމާލީވެސް އިތުބާރާއެކީ ކަމަށް މޫސަ ވިދާޅުވިއެވެ.
"2008 ގައި ފެށުނު ވެރިކަންވިޔަސް 2018 ކޯލިޝަނުންވެސް އެމްޑީޕީ އިސްވެއޮވެ ރައީސް ޞާލިޙްގެ ޒަޢާމަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަނީ ތަރައްޤީ ފޯރުކޮށްދެމުން." މޫސަ ވިދާޅުވެފައިވެއެވެ.
2016 ގައި އެމްޑީޕީގެ ލީޑަރޝިޕާދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އެމްޑީޕީން ވަކިކުރި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ދާދިފަހުންނެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މޫސަ ވިދާޅުވީ އެމްޑީޕީގެ އޮޑި ބަނދެފައިވަނީ އެހާ ފަސޭހައިން ފައްތާލެވޭނެ ގޮތަށް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު