ގއ. މާމެންދޫއިން ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ފުރަތަމަ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި 13 މީހަކު އެކަހެރިކޮށްފައިވާ ކަމަށް އެންއީއޯސީ އިން މިރޭ ބުނެފިއެވެ.
މާމެންދޫއިން ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ޕޮޒިޓިވްވީ މިއަދުއެވެ. އެ ދެ މީހުންނަކީ ފުރަތަމަ ޕޮޒިޓިވްވި މީހާއާއެކު ހޯމް ކަރަންޓީންގައި ތިބި އޭނާގެ ދެ ކޮއްކޮއެވެ. މާމެންދޫއިން މި ބައްޔަށް ޕޮޒިޓިވް ތިން މީހުންނަކީވެސް މިމަހުގެ 13 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ.
އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މާމެންދޫގެ ފުރަތަމަ ކޭސްއާއި ގުޅިގެން 13 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ޕޮޒިޓިވްވި ދެ މީހުންނާއި، ގެމަނަފުށީ ފަސް މީހެއްގެ އިތުރުން މާލެއިން ފަސް މީހެކެވެ.ގއ.މާމެންދޫން ކޯވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވްވެފައި ވީނަމަވެސް އެރަށުގައި ބަލި ފެތުރޭ ކަމަށް ނުބެލެވޭ ކަމަށް މަބުރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެމީހުން ތިބީ ކަރަންޓީން ގައި ކަމުން މާމެންދޫ މޮނިޓަރިންގެ ހާލަތައް ވެސް ނުލާން ނިންމާފައިވާ ކަމަށެވެ. ގެމަނަފުށީ މީހުންނަކީ މާމެންދޫ ޕޮޒިޓިވްވި މީހާއާއެކު ފްލައިޓްގައި ދަތުރުކުރި ބައެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މާލެއިން އެކަހެރިކުރި މީހުންގެ ތެރޭގައި އެއާޕޯޓްގެ ސްޓާފުންނާއި، ޕޮޒިޓިވްވި މީހާއާއި ކްލާސްކޮންޓެކްޓުން ހިމެނެއެވެ.
މިމަހުގެ 18 ވަނަ ދުވަހު މާމެންދޫއިން ޕޮޒިޓިވް ވި މީހާއާއި 40 މީހަކު ފްލައިޓްގައި ދަތުރުކުރި ކަމަށް އެންއީއޯސީން މީގެ ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު