13 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި 6 މީހަކަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ 13 ކިލޯގެ މަސްތުވާ ތަކެއްޗާއެކު މިމަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި 6 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަަމަށެވެ. ނަމަވެސް އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

ފުލުސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ 644،020 ރުފިޔާ އާއިއެކު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު ކަމަށެވެ.



ފަހަކަށް އައިސް ފުލުހުން ގެންދަނީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. އެގޮތުން މަސްތުވާތަކެއްޗާ އެކު ޕާޓީކުރަމުން ދަނިކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު 12 މީހަކު މިދިޔަ ހަފްތާގެ ތެރޭގައިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން