ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒް ޢަލީއަށް ޙަމަލާ ދީފައިވަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝިމާޒަށް ޙަމަލާދިނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 2 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިންކަމަށް ޝިމާޒްވަނީ ބުނެފައެވެ.

ޙަމަލާއާ ގުޅޭގޮތުން ޝިމާޒު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާއަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާ ކަމަށްވެސް ޝިމާޒް ވިދާޅުވިއެވެ.

“މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވީހާވެސް އަވަހަކަށް ބަލާ މިކަން ކުރި ފަރާތްތަކާއި އަދި މި ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ ވީހާވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް އަޅުގަނޑު އެދެމެވެ.” ޝިމާޒް ވިދާޅުވެފައިވެއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތަކާއި ގުޅިގެން ޝިމާޒު މަގާމުން ވަކިކޮށްދިނުމަށް މިނިސްޓަރ ނަހުލާ ރައީސް އޮފީހަށް ސިޓީއެއްވެސް ފޮނުއްވާފައިވާކަމަށް މީޑިއާގައި ދާދިފަހުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މިނިސްޓަރ ނަހުލާ ވަނީ އެކަން ދޮގުކުރަށްވާފައެވެ.

މިނިސްޓަރ ނަޙުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިިން ޙަމަލާގައި އެކަމަނާގެ އެއްވެސް ބައިވެރި ވުމެއްް ހިމެނިފައި ނުވާނެ ކަމަށެވެ.



ޖުމްހޫރީ ޕާޓީ އާއި އެމް. އާރް. އެމުން ވަނީ ޝިމާޒަށް ދިންޙަމަލާ ކުށްވެރިކޮށް ބަޔާން ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު


5

އިބްރ

26-Nov-2022

ސިޔާސީ ޗަރުކޭސް. މިފަދަ ޢަމަލުތަކަކީ ޑިމޮކްރަސީގެ ރީތި ހަމތަކުގެ މަތިން ހިންގޭކަންކަން. އާދެ! 8 ފެބްރުއަރީގައި މުޅިޤައުމުގައި ހުޅުޖަހައި އަންދާލުންވެސް ޓެރެރިސްޓް ޙަރަކާތަކަށްނުވެ އެކަންވީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކުރެވުނު ރީތިިކަމަކަށްވީތީ އެންމެން ސަލާމަތްވީއެވެ.