ކުޑަކުދިން ހަވާސާވުން މަދުކުރެވޭނީ ސިޔާސަތުތައް މެދުނުކެނޑި ކުރިއަށް ގެންދެވިގެން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފަށައި، ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށް ހިންގަން ފެށިތާ މިއަދަށްވަނީ 2 އަހަރު ފުރިފައެވެ. ކުރިން އެޑިޕާޓްމަންޓް ހިންގަމުން ދިޔައީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ނަމުގައެވެ.
އެކަމާ ގުޅިގެން ސްޓޭޓް މިނިސްޓަރ ނަޛީރު މިއަދު ވިދާޅުވީ ކުށުގެ މާޙައުލަށް ހުށަހެޅޭ ކުދިންނާއި ކުށުގެ މާޙައުލަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖުތަމައުގެ ހަވާސާގެތެރެއަށްގެނެސް އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
އެހެންނަމަވެސް އަދިވެސް ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި އިސްލާޙުކުރަންވާ ކަންކަން ހުރިކަމަށް ނަޛީރު ވިދާޅުވިއެވެ.
“މިހާރު އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެ ސިޔާސަތުގެ ދަށުން ތަންފީޒުކުރަމުން މިދާ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނަމަ اللهގެ ވާގިފުޅާއެކު ދިވެހި ކުޑަކުދިން ހަވާސާވެ ކުށުގެ މާޙައުލަށް ހުށަހެޅޭ މިންވަރު ބޮޑުތަނުން މަދުކުރެވޭނެ.” ނަޛީރު ވިދާޅުވިއެވެ.
ނަޛީރު ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ބަރޯސާވާ އެންމެ މުހިންމު އަސާސަކީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރާަ މުވައްޒަފުން ކަމަށެވެ.
އެހެންކަމުން މިއަދުގެ މުނާސަބަތުގައި ޑިޕާޓްމަންޓް އޮޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުން އަދާކުރާ ޒިންމާއާއި ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ސްޓޭޓް މިނިސްޓަރ ވަނީ ތަހުނިޔާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު