ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބުނެފައިވަނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރުމަށް ބޭނުންވާކަމަށެވެ.
އެގޮތުން މިހާރު ބޭނުންކުރަމުންދާ ކާޑުގެ ބަދަލުގައި ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާ ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިޕާޓްމަންޓުންވަނީ ބުނެފައެވެ.
ޑީއެންއާރުން ބުނީ އައިޑީކާޑުގެ އައު ފަރުމާ ހުށައެޅުމަށް މިއަހަރުގެ އޮކްޓޫބަރުމަހު ކުރި އިއުލާނަށް އެކަށީގެންވާ އަދަދަށް ހުށަހެޅުންތައް ލިބިފައިނުވާތީ އެ އިއުލާނު ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އައިޑީ ކާޑު ޑިޒައިން ކުރަން ހުށަހަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. ޑިޒައިނަރަކު ހޮވަން ނިންމާފައިވަނީ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓަށް ބެލުމަށްފަހު އެވެ. ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިންނެވެ
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މި އަހަރުގެ ފަހުކޮޅު ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފަށާނެކަމަށެވެ. އއ. އުކުޅަހުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި އެކަން ހާމަކުރެއްވީ އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
އަލަށް ތައާރަފްކުރާ ނިޒާމުގެ ދަށުން އައިޑީކާޑުގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑީކާޑުގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު