މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރަށުގައި ހޯމް ކަރަންޓީން ކުރާ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވިޔަސް މުޅި ރަށް މޮނީޓަރިން ހާލަތަށް ނުގެންނާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ބުނެފި އެވެ.

މާލެއިން ފުރައިގެން ގއ. މާމެންދޫއަށް ދިޔަ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާއާ އެއް ކޮޓަރިއެއްގައި ކަރަންޓިންވި އިތުރު ދެމީހަކު އިއްޔެ ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެމީހުން ޕޮޒިޓިވް ވުމާ ގުޅިގެން މިހާތަނަށް 13 މީހަކު ކޮންޓެކްޓް ޓްރޭސިން އިން ދެނެގަނެވި ވަނީ އެކަހެރި ކޮށްފަ އެވެ. އޭގެ ތެރޭގައި މާމެންދޫ މީހާއާއެކު މާލެއިން ފުރި ފްލައިޓުގައި ދަތުރު ކުރި ގއ. ގެމަނަފުށީ ފަސް މީހުން ހިމެނެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރެޝަން ސެންޓަރ ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ މީހުންނަކީ ރަށުގައި ކަރަންޓީންގައި ތިބި މީހުންކަމަށް ވުމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތައް ނުގެންނާނެ ކަމަށެވެ.

"މޮނީޓަރިންއަށް ގެންދިޔުމުގައި މިހާ ހިސާބަށް ނިންމާފައި ނިންމުމަކީ މޮނީޓަރިންގެ ހާލަތަކަށް ރަށެށް ނުދާނެއޭ އިމްޕޯޓެޑް ކޭސްއެއް ކަރަންޓީންކުރެވިފައި ވާތީ، ކަރަންޓީން ކުރެވިފައި ތިބި ބަޔަކު ޕޮޒިޓިވްވެފައިވާތީ ރަށު ތެރޭ ބަލި އުޅޭނެ ކަމަށް ނުފެނޭ." މަބްރޫކު ވިދާޅުވި އެވެ.

މާމެންދޫ މިހާތަނަށް ޕޮޒިޓިވްވި ތިން މީހުންނަކީވެސް އެއް ގެެއެއްގައި ކަރަންޓީންކޮށްފައި ތިބި ތިން މީހުންނެވެ. މަބްރޫކު ވިދާޅުވީ، އެގޭގައި އެ ތިން މީހުން ފިޔަވާ އިތުރު ބަޔަކު ނޫޅޭ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގެމަނަފުށިން ދެނެގަނެވުނު ފަސް މީހުން ތިބޭ ގެތަކުގައި ވެސް އިތުރު ބަޔަކު ނޫޅޭކަމަށް މަބްރޫކު ވިދާޅުވި އެވެ.

މިމަހު 18 ވަނަ ދުވަހު މާމެންދޫއިން ފުރަތަމަ މީހާ ފެނިފައިވާއިރު، ދެން ތިބި ދެމީހުން ޕޮޒިޓިވް ކަން ދެނެގަނެވިފައި ވަނީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އިއްޔެ ޕޮޒިޓިވްވި ދެ މީހުން ތިބީ އެރަށުން ކުރިން ޕޮޒިޓިވްވި މީހާއާއި އެއްކޮށް އެއް ކޮޓަރިއެއްގައި ހޯމް ކަރަންޓީނުގައެވެ. މި ތިން މީހުންނާ އެރަށުން އިތުރު ބަޔަކާ ބައްދަލުވެފައި ނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން