މިއަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު މިއަހަރުގެ ވޯލްޑް ކަޕް ޤަތަރުގައި ފަށާފައިވަނީވެސް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުންނެވެ. މިއީ ފީފާ ވޯލްޑަކަޕް މުބާރާތް މިފަދަ ގޮތަކަށް ފެށި ފުރަތަމަ ފަހަރެވެ.
ޑރ. ޝަހީމް މިއަދު ވިދާޅުވީ ޤަޠަރަކީ މުސްލިމު ޤައުމަކަށް ވުމުން ޤަޠަރާ ދެކޮޅަށް ހުޅަނގުން ގެންގުޅެމުންދާ ނިފާޤު މުޅި ދުނިޔެއަށް ދަނީ ހާމަވަމުން ކަމަށެވެ. އެހެންކަމުން ވޯލްޑްކަޕާ ގުޅިގެން ޤަތަރުން ހިފަހައްޓަމުންގެންދާ އިސްލާމީ އަޚްލާޤު އެގޮތުގައި ހިފެހެއްޓުމަށް ޤަޠަރުގެ ވެރިންނާއި ރައްޔިތުންނަށް މާތް ﷲ ސާބިތުކަން މިންވަރުކުރެއްވުމަށް ޑރ. ޝަހީމް ވަނީ ދުޢާ ކުރަށްވާފައެވެ.
“ވޯލްޑް ކަޕް 2022 އަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ.” ޑރ. ޝަހީމް ވިދާޅުވިއެވެ.
ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ބަޔަކު ބަލާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިސްލާމީ ގައުމެއްކަމަށްވާ ގަތަރުގައި ފެށީ ކުލަގަދަ ރަސްމިއްޔާތަކުންނެވެ. މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. އަދި މިއީ މެދުއިރުމަތީގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕް 2022 އަކީ ފިކުރީ އިސްތިޢުމާރުގެ ނިމުމުގެ ފެށުން ކަމުގައި ވެދާނެ. ޤަޠަރަކީ މުސްލިމު ޤައުމަކަށް ވުމުން ޤަޠަރާ ދެކޮޅަށް ހުޅަނގުން ގެންގުޅެމުންދާ ނިފާޤު މުޅި ދުނިޔެއަށް ދަނީ ހާމަވަމުން. ޤަޠަރުގެ ވެރިންނާއި ރައްޔިތުންނަށް މާތް ﷲ ސާބިތުކަން މިންވަރުކުރައްވާށި. އާމިން. pic.twitter.com/iZV9prxuo4
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 22, 2022
ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ ބަޔަކު ބަލާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އިސްލާމީ ގައުމެއްކަމަށްވާ ގަތަރުގައި ފެށީ ކުލަގަދަ ރަސްމިއްޔާތަކުންނެވެ. މިއީ އޭޝިއާ ބައްރުގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. އަދި މިއީ މެދުއިރުމަތީގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު