ރާއްޖެ ބަނގުރޫޓުވަނީކަމަށް ބުނެ ކިޔަމުންދާ ލަވައަކީ ޕްރޮޖެކްޓްތައް ހުއްޓުވާލަން ކިޔާ ލަވައެއްކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު ވިދާޅުވީ ރާއްޖޭގައި ހިންގޭ އެންމެބޮޑު ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫސިޓީގައި ހިންގާ ޕްރޮޖެކްޓްތައް ހިމެނޭކަމަށެވެ.

އޭގެއިތުރުން ރާއްޖެ ބަނގުރޫޓުވަނީކަމަށް ބުނެ ވާހަކަދައްކަމުންދަނީ އެ މަޝްރޫއުތައް ހުއްޓުވާލުމުގެ ބޭނުމުގައިކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"ބަނގުރޫޓުވަނީއޭ ލަވައަކީ މިފަދަ މަޝްރޫޢުތަކުން މުޅި ރާއްޖެއަށް ގެނެވޭ ބަދަލު ހަޖަމްނުވުމުން ސަރުކާރު ބަލިކަށިކޮށްލަން ކިޔާ ލަވައެއް." ނިހާދު ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ވަރަށްބޮޑަށް ދަށްވެ، ރާއްޖެ ބަނގުރޫޓުވާކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު